Advertisement
ކ. މާލެ
|
23 ޖެނުއަރީ 2022 | އާދީއްތަ 23:29
ރައީސް ނަޝީދު ކޮމަންޑޫ ޖަލްސާގައި ވާހަކަ ދައްކަވަނީ
ރައީސް ނަޝީދު ކޮމަންޑޫ ޖަލްސާގައި ވާހަކަ ދައްކަވަނީ
ރާއްޖެއެމްވީ
އެމްޑީޕީގެ ކެމްޕެއިން ޖަލްސާ
އެމްޑީޕީގެ ކޮންމެ މެނިފެސްޓޯއެއްގައި ދެ ކޮމަންޑޫ ގުޅާލުމުގެ ވާހަކަ އޮންނާނެ - ރައީސް ނަޝީދު
ދެގޮތެއް ނުވާ އަޒުމަކަށް ވާނީ ރައްޔިތުން މުއްސަނދި ކުރުން
މި ސަރުކާރުން އަންނަނީ ރައްޔިތުންނަށް ފައިދާ ހުރި ގޮތަށް ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދަމުން
މަތީ ތައުލީމު ހިލޭ ކުރުމަކީ މިސަރުކާރުގައި ހިންގާފައިވާ އެންމެ ބޮޑު ތަރައްގީގެ މަސައްކަތް

ދެ ކޮމަންޑޫ ގުޅާލުމުގެ ވާހަކައަކީ މި އިންތިޚާބާ ދިމާކޮށް ދެއްކި ވާހަކައެއް ނޫން ކަމަށާއި, އެމްޑީޕީގެ ކޮންމެ މެނިފެސްޓޯއެއްގައި ދެ ކޮމަންޑޫ ގުޅާލުމުގެ ވާހަކަ އޮންނާނެ ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ކޮމަންޑޫގައި އޮތް ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވާ ކެންޑިޑޭޓްގެ ކެމްޕެއިނަށް އެމްޑީޕީގެ ލީޑަރޝިޕްގެ ބޭފުޅުން ގެންދަވަނީ އެ ދާއިރާއަށް ޒިޔާރަތް ކުރައްވަމުންނެވެ.

Advertisement

މި ސަރުކާރުން އަންނަނީ ރައްޔިތުންނަށް ފައިދާ ހުރި ގޮތަށް ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދަމުންކަން ފާހަގަ ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، އެޖެންޑާ 19ގައި ހިމެނިފައިވާ ގިނަ ވައުދުތައް މިހާރު ފުދިފައިވާ ކަމަށެވެ.

މަތީ ތައުލީމު ހިލޭ ކުރުމަކީ މިސަރުކާރުގައި ހިންގާފައިވާ އެންމެ ބޮޑު ތަރައްގީގެ މަސައްކަތް ކަމަށާއި، އެކަމަށް ބޮޑު ހޭދައެއް ކުރި ކަމަށެވެ. ކޮވިޑްގެ ބަލިމަޑުކަން ނައިނަމަ ތަރައްގީގެ ދާއިރާއިން ފެނުނު ބަދަލު މާ ބޮޑުވާނެ ކަަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީއަކީ ހާލަތު ރަނގަޅު ކޮށްދިނުމަށް ވިސްނާ ޕާޓީއެއް ކަމަށާއި، އެމްޑީޕީން ކުރަނީ ރައްޔިތުންނަށް ކުރާ ވެރިކަމެއް ކަމަށެވެ. އަބަދުވެސް އަމާޒު ހިފާނީ އެފަދަ ވެރިކަމެއް ކުރުމަށް ކަމަށާއި، ދެގޮތެއް ނުވާ އަޒުމަކަށް ވާނީ ރައްޔިތުން މުއްސަނދި ކުރުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް