Advertisement
ކ. މާލެ
|
23 ޖެނުއަރީ 2022 | އާދީއްތަ 15:07
 ށ މަރޮށީގައި އެމްޑީޕީން ބޭއްވި ކެމްޕޭން ބައްދަލުވުމުގައި ރައީސް ނަޝީދު ވާހަކަފުޅުދައްކަވަނީ
ށ މަރޮށީގައި އެމްޑީޕީން ބޭއްވި ކެމްޕޭން ބައްދަލުވުމުގައި ރައީސް ނަޝީދު ވާހަކަފުޅުދައްކަވަނީ
ރާއްޖެއެމްވީ
އެމްޑީޕީގެ ކެމްޕެއިން ޖަލްސާ
އުމްރާނީ ތަރައްގީ ވާން ޖެހޭނީ އާމްދަނީ އިތުރުކުރުމުގެ ވަސީލަތަކަށް - ރައީސް ނަޝީދު
މުހައްމަދު ނަޝިދަށް ދޭ ވޯޓަކީ ތިލަފަތަށް ދޭ ވޯޓެއް
މަރޮށީގައި އެތައް މަޝްރޫއެއްގެ މަސައްކަތް ފެށި ކުރިއަށްދޭ

އުމްރާނީ ތަރައްގީ ވާން ޖެހޭނީ އާމްދަނީ އިތުރުކުރުމުގެ ވަސީލަތަކަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ކޮމަންޑޫގެ ބައި އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓްގެ ކެމްޕެއިންގައި މަރޮށީގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ނަޝީދު ވިދާޅުވީ, ހުރިހާ ސިޔާސަތެއް ގުޅެނީ އާމްދަނީ އިތުރުކުރުމަށް ކުރާ މަސައްކަތާ ކަމަށެވެ. ރައްޔިތުންނަށް ރަނގަޅު އާމްދަނީއެއް ހޯދައި ދިނުމަށް ސަރުކާރުން މަސައްކަތް ކުރަން ޖެހޭ ކަމަށާއި, ރައީސް ސާލިހުގެ ވެރިކަމުގެ 3 އަހަރުގެ ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް އެފަދަ މަޝްރޫއުތައް ހިންގަމުން އަންނަ ކަމަށެވެ. އަދި އެކަމުގެ ފައިދާ ރައްޔިތުންނަށް ލިބެމުންދާކަމަށް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި އެފަދަ ވިސްނުމެއް ނެތް ކަމަށާއި, މަރޮޮށީގައި ފަސް އަހަރު ދުވަހުން ހިންގުނު ހަމަ އެކަނި ޕްރޮޖެކްޓަކީ ބަށި ކޯޓެއް އެޅުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެހެންނަމަވެސް މި ސަރުކާރުގެ ތިން އަހަރު މަރޮށީގައި އެތައް މަޝްރޫއެއްގެ މަސައްކަތް ފެށި ކުރިއަށްދާކަމަށް ވިދާޅުވިއެވެ.

Advertisement

2008 ވަނަ އަަހަރު އެމްޑީޕީން ނުކުތީ ރައްޔިތުންނަށް މަންފާ ކުރަނިވި ސިޔާސަތު ތަކަކާއެކު ކަމަށާއި, އެމްޑީޕީން ބޭނުންވާ ‘ބޮޑު ޖަމްޕު’ އަދި ނުޖެހޭ ކަމަށެވެ. ރައީސް ސާލިހުގެ ޖަޒީރާ މެނިފެސްޓޯ އަކީ ފުރިހަމަކޮށް, ރައްޔިތުން ގާތަށް ގޮސް މައުލޫމަތު ހޯދުމަށްފަހު އެކުލަވާލަފައިވާ މެނިފެސްޓޯއެއް ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެއިތުރުން ބައި އިލެކްޝަންގައި އެމްޑީޕީގެ ކެންޑިޑޭޓް ރާޝިދަށް ދޭ ވޯޓަކީ ތިލަފަތަށް ދޭ ވޯޓެއް ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ކޮމަންޑޫ ދާއިރާގެ އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް