Advertisement
ކ. މާލެ
|
22 ޖެނުއަރީ 2022 | ހޮނިހިރު 19:16
ޢެމްޑީޕީގެ ލީޑަރޝިޕްގެ ޓީމް ފޯކައިދޫއަށް ވަޑައިގަތުން
ޢެމްޑީޕީގެ ލީޑަރޝިޕްގެ ޓީމް ފޯކައިދޫއަށް ވަޑައިގަތުން
އެމްޑީޕީ
ކޮމަންޑޫ ދާއިރާގެ ކެމްޕެއިން
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕެއިނަށް ރައީސް ނަޝީދު ފޯކައިދޫއަށް ވަޑައިގެންފި
ފޯކައިދޫއަށް ވަޑައިގެންނެވީ ހޮނިހިރު ދުވަހުގެ ހަވީރު
މަޖިލީހުގެ ބައެއް މެމްބަރުންނާއި، އެމްޑީޕީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި
ހޮނިހިރު ދުވަހުގެ ރޭ ފޯކައިދޫގައި ޚާއްސަ ޖަލްސާއެއް ބޭއްވުމަށްވެސް އަންނަނީ ތައްޔާރުވަމުން

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު މުހައްމަދު ރާޝިދުގެ  ކެމްޕޭނަށް، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހިމެނިވަޑައިގަންނަވާ ގޮތަށް އެމްޑީޕީގެ ލީޑަރޝިޕްގެ ޓީމެއް ށ.ފޯކައިދޫއަށް ވަޑައިގެންފިއެވެ.

އެމަނިކުފާނު ފޯކައިދޫއަށް ވަޑައިގެންނެވީ ހޮނިހިރު ދުވަހުގެ ހަވީރުއެވެ. ފޯކައިދޫން ވަނީ ރައީސް ނަޝީދާއި އެމްޑީޕީގެ ލީޑަރޝިޕްގެ ޓީމަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. ހޮނިހިރު ދުވަހުގެ ރޭ ފޯކައިދޫގައި ޚާއްސަ ޖަލްސާއެއް ބޭއްވުމަށްވެސް އަންނަނީ ތައްޔާރުވަމުންނެވެ.

ރައީސް ނަޝީދުގެ އަރިހުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީއާއި، މަޖިލީހުގެ ބައެއް މެމްބަރުންނާއި، އެމްޑީޕީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

Advertisement

މި ދަތުރުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުވެސް ބައިވެރިވެޑައިގަންނަވަން އޮތީ ހަމަޖެހިފައެވެ. ނަމަވެސް އެ ރަށަށް ދަތުރުކުރެއްވުމުގެ ކުރިން ހެއްދެވި ޕީސީއާރު ޓެސްޓުގެ ނަތީޖާއިން ކޮވިޑަށް ޕޮޒިޓިވްވުމުން އެމަނިކުފާނު އެ ދަތުރުގައި ބައިވެރިވެވަޑައެއްނުގަންނަވައެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ތާވަލުކޮށްފައިވަނީ އަންނަ މަހުގެ 5 ވަނަ ދުވަހަށެވެ.

އެ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ރާޝިދަކީ ކޮމަންޑޫ ދާއިރާގައި ހިމެނޭ ފޯކައިދޫގެ ކައުންސިލް ރައީސްކަން ގިނަ ދުވަސްތަކެއް ވަންދެން ކުރެއްވި ބޭފުޅެކެވެ. އޭނާ އަކީ މިވަގުތު ފޯކައިދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް