ކ. މާލެ
|
21 ޖެނުއަރީ 2022 | ހުކުރު 23:23
ކޮވިޑް ސާމްޕަލް ނެގުމަށް ހުޅުމާލެ ރުއްގަނޑުގައި ހަދާފައިވާ ތަން
ކޮވިޑް ސާމްޕަލް ނެގުމަށް ހުޅުމާލެ ރުއްގަނޑުގައި ހަދާފައިވާ ތަން
ހައުސިންގް ޑިވެލޮޕްމަންޓް ކޯޕޮރޭޝަން
ކޮވިޑް-19، ރާއްޖޭގެ ހާލަތު
ހުކުރު ދުވަހު މާލެ ސަރަހައްދުން ކޮވިޑަށް ޕޮޒިޓިވްވީ 677 މީހުން
ޖުމްލަ 1،697 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައި
އަތޮޅުތަކުން 680 މީހަކު ޕޮޒިޓިވްވެފައިވޭ
60 މީހަކު ވަނީ ރިޒޯޓްތަކުން ޕޮޒިޓިވްވެފައި

ހުކުރު ދުވަހު މާލެ ސަރަހައްދުން އިތުރު 677 މީހަކު ކޮވިޑް-19ށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ބުރާސްފަތި ދުވަހުގެ ހަވީރު 06:00ން ފެށިގެން ހުކުރު ދުވަހުގެ ހަވީރު 06:00އާ ހަމައަށް ރާއްޖެއިން 7،263 މީހުން ކޮވިޑަށް ޓެސްޓު ކޮށްފައިވެއެވެ. އޭގެ ތެރެއިން 1،697 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އެއީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 677 މީހުންނާއި އަތޮޅު ތެރެއިން ޕޮޒިޓިވްވި 680 މީހުންގެ އިތުރުން ރިސޯޓުތަކުން ޕޮޒިޓިވްވި 60 މީހުންނެވެ. އަދި ޕޮޒިޓިވްވީ ސީދާ ކޮންތާކުންކަން ދެނެގަނެވިފައި ނުވާ 280 ކޭހެއް ވަނީ ރެކޯޑު ކުރެވިފައެވެ.

އިތުރު 1،697 މީހުން ކޮވިޑަށް ޕޮޒިޓިވްވުމާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 112،628ށް އަރާފައެވެ. އެކްޓިވް ކޭހުގެ އަދަދު 11،535ށް އަރާފައިވާއިރު، ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން 49 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ.

ރާއްޖެއިން މިބަލީގައި 269 މީހުން ނިޔާވެފައިވާއިރު، 100،811ށް މީހުން ވަނީ ބަލިން ފަސޭހަވެފައެވެ.

މާލެ ސަރަހައްދުގައި ސާމްޕަލް ޕޮޒިޓިވިޓީ ރޭޓް ހުރީ 21 އިންސައްތައިގައެވެ. މާލެ ސަރަހައްދުގައި ޚާއްސަ ފިޔަވަޅުތަކެއް އަޅާފައިވާއިރު، މާލެ ސަރަހައްދުން ރަށްރަށަށް ދަތުރުކުރާ މީހުން އަމަލުކުރަންޖެހޭ އުސޫލުތަކެއް ވަނީ މިހާރު ކަނޑައަޅާފައެވެ.

ހުކުރު ދުވަހު 1،697 މީހުން ޕޮޒިޓިވްވެފައި ވާއިރު އެޗްޕީއޭން ލަފާކުރާ ގޮތުގައި ކޮވިޑުގެ މި ރާޅުގެ ޕީކް އަންނާނީ މިމަހުގެ ފަހުކޮޅު ނުވަތަ މިއަންނަ މަހުގެ ކުރީކޮޅުގައެވެ. އަދި ޕީކުގައި 6،000 އާއި 9،000 އާއި ދެމެދުގެ އަދަދަކަށް ދުވާލެއްގެ މައްޗަށް މީހުން ޕޮޒިޓިވްވާނެކަމަށް އެޗްޕީއޭން ލަފާކުރެއެވެ.

- ކޮމެންޓް