ހދ. ކުޅުދުއްފުށި ސިޓީ
|
20 ޖެނުއަރީ 2022 | ބުރާސްފަތި 17:00
ތޮއްޑޫ އިންޖީނުގެ ކެޕޭސިޓީ އިތުރު ކުރުން
ތޮއްޑޫ އިންޖީނުގެ ކެޕޭސިޓީ އިތުރު ކުރުން
ސްޓެލްކޯ
ތޮއްޑޫގެ ކަރަންޑް ކެޕޭސިޓީ އިތުރު ކުރުން
ތޮއްޑޫއަށް ގެންދިޔަ އައު ޖަނަރޭޓަރުސެޓް ބޭނުން ކުރަންފަށައިފި
ތޮއްޑޫގެ ކަރަންޓް ކެޕޭސިޓީ 1656kWއަށް އިތުރު ކުރެވިފައި ވާކަމަށް ސްޓެލްކޯއިން ބުނޭ

އއ. ތޮއްޑޫގެ ކަރަންޓުގެ ކެޕޭސީިޓީ އިތުރު ކުރުމަށްޓަކައި މިމަހުގެ 16 ވަނަ ދުވަހު އެރަށަށްސ ގެންދިޔަ އައު ޖަނަރޭޓަރ ސެޓް ބޭނުން ކުރަންފަށައިފިއެވެ.

ސްޓެލްކޯއިން ބުނީ އއ. ތޮއްޑޫގެ ކަރަންޓުގެ ކެޕޭސިޓީ އިތުރުކުރުމަށްޓަކައި ފޮނުވާފައިވާ އެކުންފުނީގެ ސްޓެވޯ STW600ގެ އައު ޖަނަރޭޓަރުސެޓް ކޮމިޝަން ކުރެވި، ބުދަ ދުވަހު ވަނީ ބޭނުން ކުރަން ފަށާފައެވެ. އަދި އައު ޖަނަރޭޓަރުސެޓާއެކު، ތޮއްޑޫގެ ކަރަންޓުގެ ކެޕޭސިޓީ 1056kWއިން 1656kWއަށް އިތުރު ކުރެވިފައި ވާކަމަށް ސްޓެލްކޯއިން ވިދާޅުވިއެވެ.

ސްޓެލްކޯއިންވަނީ މުސްތަގުބަލުގައި ތޮއްޑޫއަށް އަންނާނެ ކުރިއެރުމާއި، ތަރައްގީއަށް އަދި ދުރު މުސްތަގުބަލަށް ވިސްނައި، ތޮއްޑޫގައި މިހާރު ފޯރުކޮށްދެމުން ގެންދާ 810 ކިލޯވޮޓްގެ އިންޖީނުގޭގެ ބަދަލުގައި 5 މެގަވޮޓްގެ ކަރަންޓު އުފެއްދޭނެ މުޅިން އައު އިންޖީނުގެއެއް އެޅުމަށް ނިންމައި އެމަސައްކަތްވެސް ފަށާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް