އއ.ތޮއްޑޫ، ގެސްޓްހައުސްއެއް ބަލައި ފާސްކޮށް ބަނގުރާ ފުޅިތަކެއް އަތުލައިގެންފިއެވެ.
ފުލުހުން ބުނީ ޖަނަވަރީ 6 ވަނަ ދުވަހުގެ ވަގުތެއްގައި ތޮއްޑޫ "ޑައިވް ވިލާ" ކިޔާ ގެސްޓްހައުސް ބަލާފާސްކޮށް، ބަނގުރާފުޅިތަކަކާއެކު މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. ބަނގުރާފުޅިތަކާ އެކު ހައްޔަރުކޮށްފައިވަނީ ލެޓްވިއާއަށް ނިސްބަތްވާ އުމުރުން 49 އަހަރުގެ ފިރިހެނެއް ކަމަށްވެސް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.
ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
 
                             
                        
                
    
 
                     
                             
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
