ހދ. ކުޅުދުއްފުށި ސިޓީ
|
19 ޖެނުއަރީ 2022 | ބުދަ 08:53
އއ.އުކުޅަހުގެ ބަނދަރުގެ މަސައްކަތް ކުރިއަށްދަނީ
އއ.އުކުޅަހުގެ ބަނދަރުގެ މަސައްކަތް ކުރިއަށްދަނީ
އެމްޓީސީސީ
އއ.އުކުޅަހުގެ ބަނދަރު މަޝްރޫއު
އުކުޅަހުގެ ބަނދަރު މަޝްރޫއު ނިމުމަކާއި ގާތައް
އުކުޅަހުގެ ބަނދަރު ތަރައްޤީ ކުރުމަށް ކުރިއަށްގެންދާ މިމަޝްރޫއަކީ 19.9 މިލިއަން ރުފިޔާގެ މަޝްރޫއެއް
މި މަޝްރޫއުގެ 92 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައި

އއ.އުކުޅަހުގައި ކުރިއަށްގެންދާ ބަނދަރު ތަރައްޤީ ކުރުމުގެ މަޝރޫއު ނިމުމަކާއި ގާތައް ހިނގައްޖެކަމަށް އެމަސައްކަތުގެ ކޮންޓެރެކްޓަރ އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ އުކުޅަހުގެ ބަނދަރުގެ އެއްގަމު ތޮށި ލުމާއި، ޖެޑީ ހެދުމުގެ މަސައްކަތުގެ 92 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ. މީގެއިތުރުން މިހާރުހުރި ބޭރުތޮށީގެ ޕްރޮފައިލިންގެ މަސައްކަތް ޖެނުއަރީ 12 ވަނަ ދުވަހު ފަށާފައިވާކަމަށެވެ.

އުކުޅަހުގައި ކުރިއަށްގެންދާ މިމަޝްރުއުގެ ދަށުން 19630 ކިއުބިކް މީޓަރ ސަރަހައްދުގެ ބަނދަރު ފުންކުރުމާއި، 31 މީޓަރ ސަރަހައްދެއްގައި ބޭރުތޮށުލުމަށްވަނީ ހަމަޖެހިފައެވެ. އަދި 136 މީޓަރގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމާއި، 138.73 މީޓަރުގެ ޖެޓީއެއް ހެދުންވެސް ހިމެނެއެވެ. މީގެއިތުރުން 580 އަކަ މީޓަރުގެ ސަރަހައްދުގައި ޕޭމެންޓް ހެދުމުގެ މަސައްކަތް ހުމެނެއެވެ.

އުކުޅަހުގެ ބަނދަރު ތަރައްޤީ ކުރުމަށް ކުރިއަށްގެންދާ މިމަޝްރޫއަކީ 19.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

- ކޮމެންޓް