ކ. މާލެ
|
18 ޖެނުއަރީ 2022 | އަންގާރަ 21:35
މޯލްޑިވިއަންގެ ފްލައިޓެއްގައި ރޯވުން
މޯލްޑިވިއަންގެ ފްލައިޓެއްގައި ރޯވުން
ސޯޝަލްމީޑިއާ
މޯލްޑިވިއަންގެ ފްލައިޓެއްގައި ރޯވުން
އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
އަލިފާން ރޯވިއިރު 37 ފަސިންޖަރުން ބޯޓުގައި ތިބި
އެއްވެސް މީހަކަށް އަނިޔާވެފައެއްނުވޭ
މިހާރު ކުރިއަށްދަނީ ބޯޓު ޓޯ ކުރުމުގެ މަސައްކަތް

މޯލްޑިވިއަންގެ ފްލައިޓެއްގައި ރޯވެފައިވަނީ ފްލައިޓްގެ ކޮކްޕިޓްގައި ރޯވެގެންކަމަށް މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު މިހާދު ވިދާޅުވެއްޖެއެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުން ނައްޓާލަން އުޅެނިކޮށް މޯލްޑިވިއަންގެ ފްލައިޓެއްގައި ވަނީ އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ. މި ހާދިސާ ހިނގާފައިވަނީ އަންގާރަ ދުވަހުގެ ރޭ 20:05ހާއިރުއެވެ.

މި ހާދިސާއާ ގުޅިގެން ރާއްޖެއެމްވީއަށް މައުލޫމާތުދެއްވަމުން މޯލްޑިވިއަންގެ އެމްޑީ މިހާދު ވިދާޅުވީ, އަލިފާން ރޯވެފައިވަނީ ބޯޓުގެ ވިންޑްޝީލްޑް ކައިރީގައި ހިނގި ހާދިސާއަކުން، ކޮކްޕިޓްގައި ރޯވެގެން ކަމަށެވެ. މި ހާދިސާ ހިނގާފައިވަނީ ޝޯޓް ސާކިޓެއްގެ ސަބަބުން ކަމަށް ބެލެވޭ ކަމަށް މިހާދު ވިދާޅުވިއެވެ.

އަލިފާނުގެ ހާދިސާ ހިނގިއިރު ފްލައިޓްގައި 37 ޕަސިންޖަރުންނާއި ޕައިލެޓެއްގެ އިތުރުން 2 ކެބިން ކްރޫއިން ތިބި ކަމަށް މިހާދު ވިދާޅުވިއެވެ. އަދި ބޯޓުގައި ތިބި އެންމެން ރައްކާތެރިކަމާއެކު ބޯޓުން ބާލާފައިވާކަމަށާއި، މިހާރު ކުރިއަށްދަނީ ހާދިސާ ހިނގި ގޮތް ބެލުމުގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވިއެވެ.

މިކަމާގުޅިގެން އެމްއެންޑީއެފުން ބުނީ ބޯޓުގައި ރޯވި އަލިފާންގަނޑު މިހާރު ނިއްވާލާފައިވާކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ބޯޓު ޓޯ ކުރުމުގެ މަސައްކަތް ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.

- ކޮމެންޓް