ހަނިމާދޫ އެއަރޕޯޓުން ފުރަން ތައްޔާރުވެފައި އޮތް ފްލައިޓެއްގައި ރޯވެއްޖެއެވެ.
ރޯވެފައިވަނީ ގައުމީ އެއަރލައިން މޯލްޑިވިއަންގެ ފްލައިޓެއްގައި ކަމަށް ރާއްޖެއެމްވީއަށް ވަނީ މައުލޫމާތުލިބިފައެވެ. ފްލައިޓްގައި އަލިފާން ރޯވީ ނައްޓާލަން ތައްޔާރުވެފައި އޮއްވައި ކަމަށް މައުލޫމާތުލިބިފައިވެއެވެ.
ފްލައިޓްގައި ރޯވުމާއި ގުޅިގެން ހަނިމާދޫ އެއަރޕޯޓް މިހާރު ވަނީ ކުއްލި ހާލަތަށް ގެނެސްފައެވެ. އެހެންނަމަވެސް މި ފްލައިޓުން ދަތުރުކުރާ އެއްވެސް މީހަކަށް އަނިޔާއެއް ނުވާކަމަށް ރާއްޖެއެމްވީއަށް ވަނީ މައުލޫމާތު ލިބިފައެވެ.
އަދި މިކަން އިތުރަށް ބަލަމުންދާކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.