Advertisement
ކ. މާލެ
|
18 ޖެނުއަރީ 2022 | އަންގާރަ 15:53
ތ. ތިމަރަފުށީގައި ހަރުކަށި ފިކުރު ފަތުރައި ހަމަލާދޭން އުޅުނު މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގެ ތެރެއިން
ތ. ތިމަރަފުށީގައި ހަރުކަށި ފިކުރު ފަތުރައި ހަމަލާދޭން އުޅުނު މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގެ ތެރެއިން
ރާއްޖެއެމްވީ
ތިމަރަފުށީ ހަރުކަށި ފިކުރު
ތިމަރަފުށީ ހަރުކަށި ފިކުރު: ލިޔެކިއުންތައް ހަމަކުރުމަށް ބޭއްވި އިޖުރާއީ އަޑުއެހުން ކެންސަލް
މި މައްސަލައިގައި 8 މީހަކަށް ދައުވާކުރޭ
މިހާރު މައްސަލަ ބައްލަވަނީ ގާޒީ އަލީ ނަދީމް
އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ 15 ޖެނުއަރީ 2022 ގައި

ތ. ތިމަރަފުށީގައި ހަރުކަށި ފިކުރުފަތުރާ، ހަމަލާދޭން އުޅުނު ކަމުގެ ތުހުމަތުކުރެވޭ މީހުންގެ މައްޗަށް އުފުލާފައިވާ ދައުވާގެ އިޖުރާއީ އަޑުއެހުމެއް އަންގާރަ ދުވަހަށް ތާވަލުކުރި ނަމަވެސް، އެ އަޑުއެހުން ކެންސަލްވެއްޖެއެވެ.

މި މައްސަލައިގެ އަޑުއެހުން ތާވަލުކޮށްފައި އޮތީ އަންގާރަ ދުވަހުގެ މެންދުރު 1400އަށެވެ. އެހެންނަމަވެސް، އަޑުއެހުން ކެންސަލް ކޮށްފައިވަނީ ދައުވާ ލިބޭ 2 ފަރާތެއްގެ ދިފާއީ ވަކީލުގެ އެދިލެއްވުމެއްގެ މަތިންނެވެ.

މި މައްސަލައިގައި ހިމެނޭ މީހުންނަކީ ތ. ތިމަރަފުށި، ފެހިވިދުވަރުގެ، އަބްދުﷲ ޝަރީފް އާއި، ތ. ތިމަރަފުށި، ކެނެރީގެ، ޢަލީ މުނީޒު އާއި ތ. ތިމަރަފުށި، އަސުރުމާގެ، މުޙައްމަދު އާޞިރު އާއި، ތ. ތިމަރަފުށި، އަސްރަފީވިލާ، އަޙްސަން މުޙައްމަދު އާއި، ރ. މަޑުއްވަރި، ބީޗްހައުސް ޢަބްދުﷲ ޢިމާދު އާއި، ތ. ތިމަރަފުށި، ސައިމާ، ޝަމާޚު ޝަރީފް އާއި، ނ. ކުޑަފަރި، ރޯޒްމީޑު، އިބްރާހިމް ލޫޠު، އަދި ރ. ކަނދޮޅުދޫ، ފެހިވިލާ، ޢަލީ އަރުހަމް މުޙައްމަދުއެވެ.

މި މައްސަލައިގައި އެންމެ ފަހުންއަޑުއެހުމެއްބާއްވާފައިވަނީ 15 ޖެނުއަރީ 2022 ގައެވެ. މި އަޑުއެހުމުގައި ހެކި ރައްކާތެރި ކުރުމާއި ގުޅޭ ޖުމުލަ 63 ހުށައެޅުމެއް ދައުލަތުން ވަނީ ހުށައަޅާފައެވެ.

Advertisement

އެހެންނަމަވެސް، ދިފާއީ ވަކީލުންވަނީ ދިފާއު ބިނާ ކުރުމަށްޓަކައި ތަހުގީގު ބަޔާންތައް ކޮންމެހެން ބޭނުންވާކަމަށް ފާހަގަކޮށްފައެވެ. އެގޮތުން ބަޔާންތަކުގައި ހިމެނޭ މީހުންގެ ޒާތީ މައުލޫމާތުތައް އުނިކުރުމަށްފަހު، އެ ބަޔާންތައް ލިބޭނެ ގޮތް ހައްދަވައިދެއްވުމަށް ދިފާއީ ވަކީލުން އެދެއެވެ. އަދި ޝަރީއަތުން ކަނޑައަޅާ ޝަރުތުތަކާއެކު ކޯޓަށް ގޮސް އަބަދު ލިއެކިއުންތައް ބަލަން ޖެހުމަކީވެސް ދަތިވާ ކަމެއްކަމަށް ދިފާއުން ފާހަގަ ކުރެއެވެ.

މައިގަނޑު ގޮތެއްގައި ދިފާއީ ހުރިހާ ވަކީލުންވެސް ވަނީ ތަހުގީގު ބަޔާންތައް ދިފާއަށް ހިއްސާ ކުރެވެންވާނެކަަމަށް ދެކިލައްވާކަމަށް ވިދާޅުވެފައެވެ. އެކަމާއި ގުޅޭގޮތުން ދައުލަތުގެ ވަކީލު ވިދާޅުވީ، އެކަމަށް ދައުލަތުން ކަނޑައެޅިގެން ދެކޮޅު ކަމަށެވެ. ސަބަބަކީ ބަޔާންތަކުގެ މައުލޫމާތުތަކަކީ އޭގެ ޒާތުގައި ހެކިވެރިންގެ މައުލޫމާތުތައް އެނގޭނެފަދަ މައުލޫމާތުތަކެއް ކަމަށާއި، އެފަދަ މައުލޫމާތުތައް ބަޔާނުން ސިއްރު ކުރާނަމަ، މުޅި ބަޔާނުގެ ބޮޑު ބައެއް ސިއްރުކުރަން ޖެހިދާނެކަން ދައުލަތުގެ ވަކީލު ފާހަގަ ކުރެއްވިއެވެ. ދައުލަތުގެ ވަކީލު ވިދާޅުވީ، ސިއްރު ހެކިން ހުށައަޅާ ސަބަބުތައް ދައުލަތުން ބަޔާންކޮށްދީފައިވާނެ ކަމަށާއި، އެ ސަބަބުން ދިފާއުވުމަށް ދިފާއަށް ފުރުސަތު އެބައޮތް ކަމަށެވެ.

ދެފަރާތުން ފާހަގަކުރި ކަންކަމަށް ރިއާޔަތް ކުރައްވައި މައްސަލަ ބައްލަވާ ގާޒީ ވަނީ ދެން އޮންނަ އަޑުއެހުމެއްގައި ހެކި ރައްކާތެރި ކުރުމުގެ އަމުރާއި ގުޅޭގޮތުން ގޮތެއް ނިންމަވާނެ ކަމަށެވެ. އެ އަޑުއެހުން އޮންނާނީ 18 ޖެނުއަރީ ވާ އަންގާރަ ދުވަހުއެވެ. އެއަށްފަހު 20 ޖެނުއަރީގައި ލިއެކިއުންތައް ހަމަ ކުރުމަށް އިޖުރާއީ އަޑުއެހުމެއް ބޭއްވުމަށް ގާޒީ ނިންމެވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް