ކ. މާލެ
|
18 ޖެނުއަރީ 2022 | އަންގާރަ 12:10
އަބޫދާބީ އެއަރޕޯޓް ހުންނަ ސަރަހައްދު- ޔުނައިޓެޑް ޢަރަބް އެމިރޭޓްސްގެ އަބޫދާބީއަށް އަމާޒުކޮށް ޑްރޯން ޙަމަލާތައް ދީފައިވަނީ ހޯމަ ދުވަހުގެ ވަގުތެއްގައި
އަބޫދާބީ އެއަރޕޯޓް ހުންނަ ސަރަހައްދު- ޔުނައިޓެޑް ޢަރަބް އެމިރޭޓްސްގެ އަބޫދާބީއަށް އަމާޒުކޮށް ޑްރޯން ޙަމަލާތައް ދީފައިވަނީ ހޯމަ ދުވަހުގެ ވަގުތެއްގައި
ރޮއިޓަރސް
ޔޫ.އޭ.އީ އަށް ދިން ޙަމަލާ
ޔޫ.އޭ.އީ އަށް ދިން ޙަމަލާ ދިވެހި ސަރުކާރުން ކުށްވެރި ކޮށްފި
 
ޑްރޯން ހަމަލާތަކަށްފަހު އަބޫދާބީ އިންޓަރނޭޝަނަލް އެއަރޕޯޓަށް ވަނީ އިތުރު ހަމަލާތަކެއްވެސް ދީފައި
 
ޓެރަރިޒަމާ ދެކޮޅަށް ބައިނަލްއަގްވާމީ މުޖްތަމައާ ގުޅިގެން ދިވެހި ސަރުކާރުން މަސައްކަތްކުރާނެ
 
ޑްރޯން ޙަމަލާތައް ދީފައިވަނީ ހޯމަ ދުވަހުގެ ވަގުތެއްގައި

އަބޫދާބީގެ ތެޔޮވަޅުތަކަށް އަމާޒުކޮށް ޔަމަނުގެ ހޫޘީން ފޮނުވާލި ޑްރޯން ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.

ޔުނައިޓެޑް ޢަރަބް އެމިރޭޓްސްގެ އަބޫދާބީއަށް އަމާޒުކޮށް ޑްރޯން ޙަމަލާތައް ދީފައިވަނީ ހޯމަ ދުވަހުގެ ވަގުތެއްގައެވެ. މި ޙަމަލާގައި 3 މީހަކު މަރުވެ، އިތުރު މީހުން ޒަޚަމްވެފައިވާއިރު، އެކަމާއި ގުޅިގެން ފޮރިން މިނިސްޓްރީން ބުނީ އާއްމުންނަށާއި ސިވިލް އިންފްރާސްޓްރަކްޗަރ އަށް އަމާޒުކޮށް މި ދިން ޓެރަރިސްޓް ޙަމަލާއަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު، އަދި އާއްމުންނާ ދަތުރުވެރިން ނުރައްކަލަށް ހުށަހެޅުނު ފިނޑި އަމަލެއްކަމަށެވެ.

މީގެއިތުރުން، ޔޫ.އޭ.އީގެ ސަލާމަތަށް ނުރައްކާ ކުރާ ފަރާތްތަކާ ދެކޮޅަށް އެގައުމުން ކުރާ މަސައްކަތުގައި ދިވެހި ސަރުކާރުން ޔޫ.އޭ.އީ ސަރުކާރާއެކު އޮންނާނެކަމަށާއި އެސަރަހައްދުގެ ސުލްހަ މަސަލަސްކަމަށް ޔޫ.އޭ.އީ ސަރުކާރުން ކުރަމުން ގެންދާ މަސައްކަތަށް ދިވެހި ސަރުކާރުން ތައުރީފުކުރާކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

ޓެރަރިޒަމާ ދެކޮޅަށް ބައިނަލްއަގްވާމީ މުޖްތަމައާ ގުޅިގެން ދިވެހި ސަރުކާރުން މަސައްކަތްކުރާނެކަމުގެ ޔަގީންކަން ދިވެހި ސަރުކާރުން ވަނީ ދީފައެވެ.

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ފުލުހުން ބުނާ ގޮތުގައި ޑްރޯން ހަމަލާތަކަށްފަހު އަބޫދާބީ އިންޓަރނޭޝަނަލް އެއަރޕޯޓަށްވެސް ވަނީ އިތުރު ހަމަލާތަކެއްވެސް ދީފައެވެ. ކުރިން ދިން ހަމަލާތަކުގައި މަރުވެފައިވަނީ އިންޑިޔާއަށް ނިސްބަތްވާ ދެ މީހުންނާއި ޕާކިސްތާނު މީހެއްކަމަށް ޔޫއޭއީގެ ފުލުހުން ބުނެއެވެ.

ހަމަލާތަކަށްފަހު ހޫޘީން ވަނީ މިއީ އެމީހުން ޔޫއޭއީ އާ ދެކޮޅަށްދޭ ހަމަލާތަކެއްކަމަށް ބުނެފައެވެ. ޔަމަނުގައި ހިނގަމުންދާ ހަނގުރާމައިގައި ސައުދީ އާއި ޔޫއޭއީ ގުޅިގެން އަންނަނީ ހޫޘީންނާދެކޮޅަށް ހަނގުރާމަކުރަމުންނެވެ. ޔޫއޭއީއަށް ހަމަލާދިނުމުގެ އިތުރުން ހޫޘީން ވަނީ ސައުދީގެ ރަސްކަމުގެ ދަރުބާރަށް އަމާޒުކޮށް ޑްރޯން މެދުވެރިކޮށް 8 ހަމަލާއެއް ފޮނުވާލާފައެވެ. ސައުދީގެ ސްޓޭޓް މީޑިޔާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މިހަމަލާތައް ވަނީ ނާކާމިޔާބު ކޮށްލާފައެވެ.

ހަމަލާތަކަށްފަހު ހޫޘީ ހަނގުރާމަވެރިންގެ ތަރުޖަމާނު ޔަހްޔާ އަލް ސަރީ ބުނެފައިވަނީ އެޖަމާއަތުން ޔޫއޭއީ އާ ދެކޮޅަށް އަސްކަރީ އޮޕަރޭޝަނެއް ފަށާފައިވާކަމަށެވެ. މިހަމަލާތަކަކީ ޔޫއޭއީން ސައުދީ އާއި ގުޅިގެން ޔަމަނުގައި ހިންގަމުންދާ ކަންކަމާ މެދު ޔޫއޭއީއަށް ފިލާވަޅެއް ދިނުމުގެ ގޮތުން ކުރާކަމެއްކަމަށް ހޫޘީ ހަނގުރާމަވެރިންގެ ތަރުޖަމާނު ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް