Advertisement
ކ. މާލެ
|
18 ޖެނުއަރީ 2022 | އަންގާރަ 12:06
މާފުށި ޖަލު ކުއްލި ހާލަތަށް ގެނެސްފައިވަނީ ޖެނުއަރި 14ވަނަ ދުވަހު
މާފުށި ޖަލު ކުއްލި ހާލަތަށް ގެނެސްފައިވަނީ ޖެނުއަރި 14ވަނަ ދުވަހު
ރާއްޖެއެމްވީ
މާފުށީ ޖަލުގެ ކޮވިޑް ހާލަތު
މާފުށީ ޖަލުން 63 ގައިދީއަކު ކޮވިޑަށް ޕޮޒިޓިވްވެ، 419 ގައިދީން ކަރަންޓީން ކޮށްފި
ގައިދީންގެ އިތުރުން މިހާރު 5 އޮފިސަރަކުވެސް ބައްޔަށް ޕޮޒިޓިވްވެފައިވޭ
ގައިދީންނާއި ބަންދުކޮށްފައިވާ މީހުންނަށް އާއިލީ ބައްދަލުވުންތަކާއި ވަކީލު ބައްދަލުވުންތައް ކުރިއަށްދާނީ އޮންލައިން ކޮށް

މާފުށީ ޖަލުން 63 ގައިދީއަކު ކޮވިޑަށް ޕޮޒިޓިވްވެ، 419 ގައިދީއަކު ކަރަންޓީން ކޮށްފިއެވެ.

ގައިދީންގެ އިތުރުން މިހާރު 5 އޮފިސަރަކުވެސް ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށް ކަރެކްޝަނުން މައުލޫމާތުދެއެވެ. މާފުށި ޖަލުން ކޮވިޑް ކޭސްތަކެއް ފެނި އެ ޖަލު ކުއްލި ހާލަތަށް ގެނެސްފައިވަނީ މި މަހުގެ 14 ވަނަ ދުވަހުއެވެ.

Advertisement

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ބުނީ، ކަރަންޓީންގައި ތިބި ގައިދީން ތިބޭނީ އެހެން ގައިދީންނާ ވަކިން ކަމަށެވެ. އެމީހުންގެ ކަރަންޓީން މުއްދަތުގައި، ޖަލު ގޮޅިން ބޭރަށް ނުނެރޭނެ ކަމަށެވެ. އަދި ޕޮޒިޓިވްވާ ގައިދީން އެކަހެރި ކުރެވި، ބޭނުންވާ ސިއްޙީ ފަރުވާ ދެމުން ގެންދާ ކަމަށެވެ. ހާލަތު ގޯސްވެއްޖެ ނަމަ ފެސިމލިޓީތަކަށް ގެންދިޔުމުގެ އިންތިޒާމްވެސް ހަމަޖެހިފައިވާ ކަމަށް ކަރެކްޝަނުން ބުނެއެވެ.

ޖަލު އާންމު ހާލަތަށް ގެނެވެންދެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ގައިދީންނާއި ބަންދުކޮށްފައިވާ މީހުންނަށް އާއިލީ ބައްދަލުވުންތަކާއި ވަކީލު ބައްދަލުވުންތަކުގެ އިތުރުން ކޯޓު އަޑުއެހުންތައް ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ އޮންލައިންކޮށެވެެ.

މީގެ ކުރިންވެސް ޖަލުތަކުގައި ހާލަތު ގޯސްވެ 522 މީހުން ޕޮޒިޓިވްވެ، 17 ހައިރިސްކް ގައިދީން ވަގުތީ ގޮތުން ގޭބަންދަށް ބަދަލުކުރަން ޖެހުނެވެ.

ކޮވިޑް-19 ހާލަތު ގޯސްވެ، ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، 1400ށްވުރެ ގިނަ މީހުންވަނީ ޕޮޒިޓިވްވެފައެވެ. މީގެ ތެރެއިންވެސް މާލެ ސަރަހައްދުން ޕޮޒިޓިވްވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. މިއާއެކު ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރަން ވަނީ ފަށާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް