ށ.މަރޮށި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން އިންތިޒާމް ކޮށްގެން އެރަށުގައި ޕޭސްޓްރީ ކޯހެއް ފެށުމަށް ނިންމައިފިއެވެ.
މަރޮށީ ކައުންސިލުން ބުނީ 7 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދެވޭ މި ކޯސް ހިންގުމަށް ހަމަޖެހިފައިވަނީ މި ފެށޭ ފެބްރުއަރީ މަހުގައިއެވެ. އެގޮތުން މި ކޯހުގައި ކޮންމެ ބައިވެރިއެއްގެ އަތުން 200 ރުފިޔާގެ ފީއެއް ނެގުމަށްވަނީ ހަމަޖެހިފައިވާކަމަށެވެ. އަދި ކޯހުގެ އަމަލީ މަސައްކަތަށް ބޭނުންވާ ތަކެތި ކޯހުގެ ބައިވެރީންނަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވެއެވެ. މި ތަކެތި ފޯރުކޮށްދޭނީ ކޯސް ހިންގާ ފަރާތުންނެވެ.
މަރޮށީގައި ފެށޭ މި ޕޭސްޓްރީ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލާފައިއެވެ.
މި ކޯހުގައި ބައިވެރިވުމަށް ނަންނޯޓު ކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ޖެނުއަރީ 20 ވާ ބުރާސްފަތި ދުވަހުގެ 14:00އާ ހަމައަށެވެ.