ކ. މާލެ
|
17 ޖެނުއަރީ 2022 | ހޯމަ 18:43
ރައީސް ސާލިހު ދުބާއީ އެކްޕޯގައި
ރައީސް ސާލިހު ދުބާއީ އެކްޕޯގައި
ރައީސް އޮފީސް
ރައީސްގެ ދުބާއީ ދަތުރުފުޅު
ރައިސުލްޖުމްހޫރިއްޔާ ދުބާއީ އެކްސްޕޯ 2020ށް ޒިޔާރަތް ކުރައްވައި އެކްސްޕޯ ބައްލަވާލައްވައިފި
ދިވެހިރާއްޖޭގެ ޕެވިލިއަން، ސިންގަޕޫރުގެ ޕެވިލިއަން، އިޓަލީގެ ޕެވިލިއަން އަދި ވިޝަން ޕެވިލިއަނަށް ރައީސް ޒިޔާރަތް ކުރެއްވި
ދިވެހިރާއްޖޭގެ ޕެވިލިއަން އިން ދައްކުވައިދެނީ މޫސުމަށް އަންނަ ބަދަލުތަކަށް ޙައްލެއް ހޯދުމުގައި ދެމެހެއްޓެނިވި ގޮތެއްގައި ޢަމަލުކުރާ ގޮތް

ރައިސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދުބާއީ އެކްސްޕޯ 2020އަށް ޒިޔާރަތް ކުރައްވައި އެކްސްޕޯ ބައެއް ޕެވިލިއަންތައް ބައްލަވާލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޒިޔާރަތްކުރެއްވި ޕެވިލިއަންތަކަކީ ދިވެހިރާއްޖޭގެ ޕެވިލިއަން، ސިންގަޕޫރުގެ ޕެވިލިއަން، އިޓަލީގެ ޕެވިލިއަން އަދި ވިޝަން ޕެވިލިއަންއެވެ.

އެކްސްޕޯގެ ދިވެހިރާއްޖޭގެ ޕެވިލިއަން އިން ދައްކުވައިދެނީ މޫސުމަށް އަންނަ ބަދަލުތަކަށް ޙައްލެއް ހޯދުމުގައި ދެމެހެއްޓެނިވި ގޮތެއްގައި ޢަމަލުކުރާ ގޮތްތަކާއި، ތިމާވެށީގެ ދާއިރާއިން ރާއްޖެއިން ހޯދާފައިވާ ކުރިއެރުންތަކެވެ. ސިންގަޕޫރުގެ ޕެވިލިއަން އިން ދައްކުވައިދެނީ ބަގީޗާއެއްގެ ގޮތަށް އޮންނަ ދިރިއުޅެން ފަސޭހަ ސިޓީއެކެވެ. އަދި ސިންގަޕޫރުގެ އީޖާދީ ވިސްނުންތައް މި ޕެވިލިއަން އިން ދައްކުވައިދެއެވެ. އިޓަލީގެ ޕެވިލިއަންއިން އިޓަލީން އެކި ދާއިރާތަކުން ހުރި ފުރުޞަތުތަކާއި ޙާޞިލުކޮށްފައިވާ ކުރިއެރުންތަކާއި އިޖާދީކަންކަމާއި އުފެއްދުންތެރިކަން ފެނިގެންދެއެވެ.

Advertisement

މީގެ އިތުރުން ވިޝަން ޕެވިލިއަންއަކީ ޔޫ.އޭ.އީ.ގެ ނައިބު ރައީސް އަދި ބޮޑުވަޒީރު އަދި ދުބާއީގެ ވެރިޔާ ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަޚްތޫމްގެ ވިސްނުންފުޅުތަކާއި ތަޞައްވުރުތައް ދައްކުވައިދޭ ޕެވިލިއަންއެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ އަބޫދާބީގެ ވަލީއަޙުދު އަދި ޔޫ.އޭ.އީގެ އާމްޑް ފޯސަސްގެ ޑެޕިއުޓީ ސުޕްރީމް ކޮމާންޑަރ، ޝައިޚް މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާންގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
- ކޮމެންޓް