ކ. މާލެ
|
15 ޖެނުއަރީ 2022 | ހޮނިހިރު 21:21
ބަންގްލަދޭޝްގެ ޗީފް އޮފް ނޭވަލް ސްޓާފް އެޑްމިރަލް އެމް. ޝަހީން އިގްބާލް ރާއްޖެއަށް ކުރައްވާ ދަތުރުފުޅު
ބަންގްލަދޭޝްގެ ޗީފް އޮފް ނޭވަލް ސްޓާފް އެޑްމިރަލް އެމް. ޝަހީން އިގްބާލް ރާއްޖެއަށް ކުރައްވާ ދަތުރުފުޅު
އެމްއެންޑީއެފް
ބަންގްލަދޭޝްގެ ޗީފް އޮފް ނޭވަލް ސްޓާފް
ބަންގްލަދޭޝްގެ ޗީފް އޮފް ނޭވަލް ސްޓާފް ރާއްޖެ ވަޑައިގެންފި
އެމަނިކުފާނު ވަނީ މިނިސްޓަރ މާރިޔާގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވާފައި

ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލުގެ ދައުވަތަކަށް، ބަންގްލަދޭޝްގެ ޗީފް އޮފް ނޭވަލް ސްޓާފް އެޑްމިރަލް އެމް. ޝަހީން އިގްބާލް ރާއްޖެ ވަޑައިގެންފިއެވެ.

މި ދަތުރުފުޅުގައި އޭނާ ވަނީ މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަހުމަދު ދީދީއާއި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލުގެ އަރިހަށް އިހްތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ. ބަންގްލަދޭޝްގެ ޗީފް އޮފް ނޭވަލް ސްޓާފް ބަންޑާރަކޮށްޓަށް ވަޑައިގެންނެވުމުން އެމަނިކުފާނުގެ ޝަރަފުގައި ދިވެހި ސިފައިން ވަނީ އޮނަރގާޑެއް އަރުވާފައެވެ.

ޖެނުއަރީ 14އިން 18އަށް އެޑްމިރަލް އެމް. ޝަހީން އިގްބާލް ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅުގެ ތެރެއިން، ބަންޑާރަކޮށްޓަށް ވަޑައިގެން އެމްއެންޑީއެފްގެ ސީނިއަރ ލީޑަރޝިޕާ ބައްދަލުކުރައްވައި، ދިފާއީ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭ މަޝްވަރާތައް ބާއްވާފައިވެއެވެ. މި ބައްދަލުވުމުގައި، ދިވެހި ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ބަންގްލަދޭޝްއިން ވެދޭ އެހީތެރިކަން ފާހަގަކުރައްވައި، ޗީފް އޮފް ޑިފެންސް ފޯސް ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި، ދެ ގައުމުގެ ދިފާއީ އަދި ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ދާއިރާއިން އިތުރަށް ގުޅުން ހަރުދަނާކުރުމާ ބެހޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާ ކުރައްވާފައިވެއެވެ.

ބަންގްލަދޭޝްއަކީ ދިވެހިރާއްޖެއާއި ގިނަ ދާއިރާތަކަކުން އެހީތެރިކަން ފޯރުކޮށްދެމުންދާ ގައުމެކެވެ. މިގޮތުން، 2004 ވަނަ އަހަރު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާއާއި، ކޮވިޑްގެ މި ހާލަތުގައި ވެސް ދިވެހިރާއްޖެއަށް އެކި ގޮތްގޮތުން އެ ގައުމުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

- ކޮމެންޓް