ކ. މާލެ
|
13 ޖެނުއަރީ 2022 | ބުރާސްފަތި 21:37
އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނު
އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނު
ފަނޑިޔާރުންގެ ނަޒާހަތްތެރިކަން ދެމެހެއްޓުން
ފަނޑިޔާރުން، ތަނާޒުލު ވާންޖެހޭ ހާލަތުގައި ތަނާޒުލުވުން މުހިންމު: އުއްތަމަ ފަނޑިޔާރު
ތަނާޒުލުވާންޖެހޭ ހާލަތްތައް ގާނޫނުގައި ބަޔާންކޮށްފައިވޭ
ފަނޑިޔާރުންގެ ނަޒާހަތްތެރިކަން ދެމެހެއްޓުމަށްޓަކައި ތަނާޒުލުވާންޖެހޭ

ފަނޑިޔާރުންގެ ނަޒާހަތްތެރިކަން ދެމެހެއްޓުމަށްޓަކައި، ތަނާޒުލުވާންޖެހޭ ހާލަތުގައި ތަނާޒުލުވުން މުހިންމު ކަމަށް އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނު ވިދާޅުވެއްޖެއެވެ.

އުއްތަމަ ފަނޑިޔާރު މިފަދައިން ވިދާޅުވީ ޖުޑީޝަލް ކަރިކިއުލަމް ޓްރެއިނިން ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. އުއްތަމަ ފަނޑިޔާރު ވިދާޅުވީ އާއިލީ ގޮތުން އޮންނަ ގުޅުމެއްގެ ސަބަބުންނާއި، ވިޔަފާރީގެ ގޮތުން ގުޅުމެއް އޮވެގެން ތަނާޒުލުވާންޖެހޭ ލިސްޓެއް ގަވައިދުގައި އޮންނަ ކަމަށެވެ. އަދި މިބައި ކުރިއަށްގެންދާނެގޮތުގެ ގަވައިދެއްވެސް ހަދާފައިވާކަމަށެވެ. މިކަންކަމަށް ބަލާފައި ތަނާޒުލުވާންޖެހޭ ހާލަތުގައި ތަނާޒުލުވާންޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ ފަނޑިޔާރުންގެ ނަޒާހާތްތެރިކަން ދެމެހެއްޓުމަށް، ތަނާޒުލުވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. ރާއްޖޭގެ ޝައުރީ ނިޒާމުގައިވެސް އަދި އެހެން ގައުމުތަކުގެ ޝަރުއީ ނިޒާމުތަކުގައިވެސް ނަޒާހާތްތެރިކަން ދަމަހައްޓަންޖެހޭކަމަށެވެ. އެއްވެސް ފަރާތަކަށް ފަނޑިޔާރުންނަށް އަމާޒުކޮށް ނަޒާހަތްތެރިކަން ނެތް ވާހަކަ ދެކެވިގެންނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަޅުގަނޑުމެން މި ކުރާ މަސައްކަތުގައި އެންމެ ބޮޑު އިތުބާރެއް މި އޮންނަނީ ރައްޔިތުންގެ ފަރާތުން. އެއީ އެބޭފުޅުންނަށް އަދުލު އިންސާފު ލިބޭނެ ކަމުގެ އިތުބާރު. އެހެންވީމަ އެ އިތުބާރު ދަމަހައްޓަންޖެހޭ.
އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނު

އުއްތަމަ ފަނޑިޔާރު ވިދާޅުވީ އަތޮޅުތެރެއަށް، ގޮސް ކޯޓް ސިސްޓަމާ ރައްޔިތުންނާ އޮންނަ ގުޅުމަށް ބަލައިލެވިފައިވާކަމަށެވެ. މިކަމުން އެނގިގެންދިޔައީ ފަނޑިޔާރުން ސަމާލުކަން ދޭންޖެހޭ ކަންކަމަށް ސަމާލުކަން ނުދީ އުޅުމާއި، ގުޅުން ބައްޓަންކުރާނަމަ އެކަމުން ރަނގަޅު ނަތީޖާއެއް ނުނިކުންނާނެކަން ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ. އެހެންކަމުން މިކަންކަމަށް ސަމާލުކަން ދިނުން މުހިންމުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

- ކޮމެންޓް