ކ. މާލެ
|
12 ޖެނުއަރީ 2022 | ބުދަ 09:30
އެޗްޕީއޭގެ މެޑިކަލް އޮފިސަރ ޑރ.ފާތިމަތު ނަޒްލާ ރަފީގު
އެޗްޕީއޭގެ މެޑިކަލް އޮފިސަރ ޑރ.ފާތިމަތު ނަޒްލާ ރަފީގު
ރައީސް އޮފީސް
ރާއްޖޭގެ ކޮވިޑް-19ގެ ހާލަތު
ކޮވިޑް-19ގެ އައު ސާޖުގެ ޕީކް ފެންނާނީ އަންނަ މަހުގެ ކުރީކޮޅު: ޑރ.ނަޒްލާ
މިހާރު ފެތުރެނީ އޮމިކްރޯން އާއި ޑެލްޓާ ވޭރިއަންޓް ކަމަށް ވިޔަސް ކުރިއަށް އޮތް ތަނުގައި އިތުރުވާނީ އޮމިކްރޯން
އޮމިކްރޯންގެ ކޮމިއުނިޓީ ސްޕްރެޑެއް އެބައޮތް
ޕީސީއާރް ޓެސްޓުގެ އަގުހެޔޮ ކުރުމަކީ އަމާޒެއް

ރާއްޖޭއަށް މިހާރު ކުރިމަތިވެފައިވާ ކޮވިޑް-19ގެ އައު ސާޖުގެ ޕީކް ފެންނާނީ އަންނަ މަހުގެ ކުރީކޮޅު ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ މެޑިކަލް އޮފިސަރ ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހު ހެލްތް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ ރާއްޖޭގައި މިހާރު ފެތުރެނީ އޮމިކްރޯން އާއި ޑެލްޓާ ވޭރިއަންޓް ކަމަށް ވިޔަސް ކުރިއަށް އޮތް ތަނުގައި އިތުރުވާނީ އޮމިކްރޯން ކަމަށް ލަފާކުރެވޭ ކަމަށެވެ. ކުއްލިއަކަށް ކޭސްތައް އިތުރުވަމުންދާއިރު، ރާއްޖޭގައި އޮމިކްރޯންގެ ކޮމިއުނިޓީ ސްޕްރެޑެއް އޮތް ކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

ޑރ.ނަޒްލާ ވިދާޅުވީ މިހާރުގެ ހާލަތު ގޯސްވަމުންދާ ކަމަށާއި، ގާތްގަނޑަކަށް ޖެނުއަރީ މަހުގެ ފަހުކޮޅާއި، ފެބްރުއަރީ މަހުގެ ކުރީ ކޮޅު ޕީކެއް ފެންނާނެ ކަމަށް ޕްރޮޖެކްޝަންތަކުން ފެންނަ ކަމަށެވެ. މި ޕީކް ފެންނާނީ ހަމައެކަނި މާލެއިން ނޫން ކަމަށާއި، މުޅި ރާއްޖެއިން ފެންނާނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ގާތްގަނޑަކަށް ޖެނުއަރީ މަހުގެ ފަހުކޮޅާއި ހަމައަށްދާއިރު، ފެބްރުއަރީ މަހުގެ ކުރީ ކޮޅު ހަމަ ޕީކެއް ފެންނާނެ ކަމަށް ޕްރޮޖެކްޝަންތަކުން ފެނަނީ. މި ޕީކް ފެންނާނީ ހަމައެކަނި މާލޭގައި ނޫން. ނޭޝަނަލީ. މާލޭގައި ކޭސްތައް ފުރަތަމަ ފެނުނުކަމުގައި ވީ ނަމަވެސް ކޭސްތައް އިތުރުވަމުންދާނެ ކަމަށް.
އެޗްޕީއޭގެ މެޑިކަލް އޮފިސަރ ޑރ. ފާތިމަތު ނަޒްލާ ރަފީގު

ޕީސީއާރް ޓެސްޓު ހެދުމުގައި ގެންގުޅޭ އަގުތަކުގެ މައްސަލައަށް އިޝާރާތް ކުރައްވައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހު އަބްދުﷲ ވިދާޅުވީ ސަރުކާރުގެ އަމާޒަކީ އަގު ހެޔޮކުރުން ކަމަށާއި، އާއްމު ރައްޔިތުންނަށް ލުއި ފަސޭހަކޮށް ދިނުން ކަމަށެވެ. މިހާރު ވެސް ގިނައިން ޕީސީއާރްގެ ޓެސްޓުތައް ހަދަމުންދަނީ އައިޖީއެމްއެޗާއި، ސަރުކާރުގެ ހިއްސާ އޮންނަ ހޮސްޕިޓަލްތަކުން ކަމަށް އޭނާ ވިދާޅުވިއެވެ.

ޕްރައިވެޓް ކްލިނިކްތަކާއި ހޮސްޕިޓަލްތަކުން ޕީސީއާރް ޓެސްޓު ހެދުމުގެ ޚިދުމަތް ލިބެއެވެ. ނަމަވެސް އަގު ބޮޑުވުމުގެ ޝަކުވާ ރައްޔިތުން ކުރަމުންދެއެވެ. އާއްމު ގޮތެއްގައި ޕްރައިވެޓް ސެކްޓާތަކުން ޕީސީއާރް ޓެސްޓު ހަދައިދެމުންދަނީ ދިވެހިން އަދި ވާރކްޕާމީޓް ހޯލްޑަރުންނަށް 700 ރުފިޔާއަށެވެ. ފަތުރުވެރިންނަށް 45 ޑޮލަރަށެވެ.

- ކޮމެންޓް