ކ. މާލެ
|
10 ޖެނުއަރީ 2022 | ހޯމަ 17:48
ނިއު ނޯމަލްގައި މީރާއިން މަސައްކަތްކުރި ގޮތް
ނިއު ނޯމަލްގައި މީރާއިން މަސައްކަތްކުރި ގޮތް
ރާއްޖެއެމްވީ
މީރާ
ޑިސެންބަރު މަހު މީރާއިން 2.03 ބިލިއަން ރުފިޔާ ބަލައިގެންފި
މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 95.0 އިންސައްތަ އިތުރު އަދަދެއް

ޑިސެންބަރު 2021ގައި މީރާއަށް 2.03 ބިލިއަން ރުފިޔާ ބަލައިގަނެފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން ބުނެފިއެވެ.

މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %95.0 އިތުރު އަދަދެކެވެ. އަދި ޑިސެންބަރު 2021ގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %45.0 އިތުރު އަދަދެއް ކަމަށް ވެސް މީރާއިން ބުނެއެވެ.

މީރާއިން ބުނީ ޑިސެންބަރު 2020ގައި ލިބުނު އާމްދަނީއާ އަޅައިބަލާއިރު ޑިސެންބަރު 2021ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޖީ.އެސް.ޓީ، އިންކަމް ޓެކްސް، ގްރީން ޓެކްސް އަދި އެއަރޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ ފައިސާ އިތުރުވުން ކަމަށެވެ.

އެގޮތުން ނޮވެމްބަރު 2020އާ އަޅައިބަލާއިރު ނޮވެމްބަރު 2021ގައި ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު 4 ގުނަ އިތުރުވެފައިވާ ކަމަށް މީރާއިން މައުލޫމާތުދެއެވެ. މީގެ ސަބަބަކީ 2020 ވަނަ އަހަރު ކޮވިޑް-19ގެ ސަބަބުން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ މިންވަރު ދަށްވެފައިވުންކަމަށް މީރާއިން ފާހަގަކުރެއެވެ. މީގެ އިތުރުން 2021 ވަނަ އަހަރުގެ ޑިސެންބަރު މަހުގައި ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި އާމްދަނީ ލިބިފައިވުމަކީ ޑިސެންބަރު 2020ގައި ލިބުނު އާމްދަނީއާ އަޅާބަލާއިރު ޑިސެންބަރު 2021ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ ސަބަބެކެވެ. މި ފީ ޑިސެންބަރު 2020ގައި ލިބިފައެއް ނުވެއެވެ.

ޑިސެންބަރު 2021ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ %47.0 ނުވަތަ 952.77 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓްއިންނެވެ. އެއީ %24.0 ނުވަތަ 485.44 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި 153.60 މިލިއަން ރުފިޔާ (%7.6)، އިންކަމް ޓެކްސްގެ ގޮތުގައި 95.69 މިލިއަން ރުފިޔާ (%4.7)، ގްރީން ޓެކްސްގެ ގޮތުގައި 94.41 މިލިއަން ރުފިޔާ (4.7%)، އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 243.65 މިލިއަން ރުފިޔާ (%12.0) ލިބިފައިވެއެވެ.

ޑިސެންބަރު 2021ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 105.48 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

- ކޮމެންޓް