އާމްދަނީން ނަގާ ޓެކުހުން އުނިކުރެވޭނީ ފައިސާއިން ދޭ ޑޮނޭޝަންތައް އެކަނި ކަމަށް ކަނޑައަޅައިފި އެވެ.
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނީ މި ޓެކްސް ރޫލިންގައިވާ ގޮތުން ކޮމިޝަނަރ ޖެނެރަލް ހުއްދަ ދީފައިވާ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްއިއްޔާއަކަށް ޑޮނޭޝަންގެ ގޮތުގައި ޓެކްސް ދައްކާ ފަރާތުން ދޭ ފައިސާ، ގާނޫނުގެ 21 ވަނަ މާއްދާގެ ދަށުން އުނިކުރެވޭނީ އެ ފައިސާ ދިން ތާރީޚުގައި އެ ޖަމްއިއްޔާއެއް މި ގަވާއިދުގެ 47 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޝާއިއުކުރާ ލިސްޓުގައި ހިމެނޭ ކަމުގައިވާނަމައެވެ.
ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި ގާނޫނުގެ 21 ވަނަ މާއްދާގެ ދަށުން ޑޮނޭޝަންގެ ގޮތުގައި އުނިކުރެވޭނީ ފައިސާއިން ދޭ ޑޮނޭޝަން އެކަނި ކަމަށް މީރާއިން ބުނެއެވެ.
މި ޤަވާއިދަށް އަމަލުކުރަން ފަށާނީ 01 މާޗް 2024 އިން ފެށިގެންނެވެ.