Advertisement
ކ. މާލެ
|
7 ޖެނުއަރީ 2022 | ހުކުރު 23:01
އާސްކް ސްޕީކަރ ޕްރޮގްރާމުގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގެން
އާސްކް ސްޕީކަރ ޕްރޮގްރާމުގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގެން
ރައްޔިތުންގެ މަޖިލިސް
ރާޝިދުގެ ކެމްޕޭން ލޯންޗު ކުރުން
ރާއްޖޭގެ ރަށްތައް ތަރައްޤީ ކުރުމަށް އިދިކޮޅުގެ ސިޔާސަތެއް ނެތްކަން ކަށަވަރު: ރައީސް ނަޝީދު
ފުރަ މާލެއަށް މީހުން ޖަމާކުރުމަކީ އެމްޑީޕީގެ ސިޔާސަތެއް ނޫން

ރާއްޖޭގެ ރަށްތައް ތަރައްޤީ ކުރުމަށް އިދިކޮޅުގެ ސިޔާސަތެއް ނެތްކަން ކަށަވަރުވާ ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕެއިން ލޯންޗު ކުރުމުގެ ޖަލްސާގައި ދެއްވި އޯޑިއޯ މެސެޖެއްގައި ނަޝީދު ވިދާޅުވީ ފުރަ މާލެއަށް މީހުން ޖަމާކުރުމަކީ އެމްޑީޕީގެ ސިޔާސަތު ނޫން ކަމަށެވެ.

ބައިނަލްއަޤްވާމީ މުޖުތަމައުއިން ރާއްޖެ ބިކަ ކުރުމަކީ އެމްޑީޕީގެ އަމާޒެއް ނޫން ކަމަށާއި ރާއްޖެއަކީ ބިކަ ތަނެއްގެ ގޮތުގައި ދުވަހަކުވެސް އެމްޑީޕީން ސިފަނުކުރާ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ. އެއްހޮރަކުން ދެފަހަރު ކަށި ޖެހިޔަ ދީގެން ނުވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

ރާއްޖޭގެ ވެރިކަމުގައި އެމްޑީޕީ އޮތުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ކޮމަންޑޫ ދާއިރާގެ ރައްޔިތުން ދައްކައިދިނުމަށް އެދޭ ކަމަށާއި އެ ރައްޔިތުން ކޮށްދެއްވަން ވި ކަމަކީ ވަކާލާތުކޮށް ދެއްވުން ކަމަށް ނަޝީދު ވިދާޅުވިއެވެ. އަނެއްކާވެސް ވޯޓު ލާން އެންމެ އައުލާކަން ބޮޑީ އެމްޑީޕީކަން ދައްކައި ދިނުމަށް ނަޝީދު އެދިވަޑައިގެންނެވިއެވެ.

އެމްޑީޕީ ހިނގުމުގެ އަސްލަކީ ދޮށީގެ އުމުރުގެ ގިނަ ބަޔަކު ފަހަތުގައި ތިބޭތީކަން ފާހަގަ ކުރައްވާ ނަޝީދު ވިދާޅުވީ އެމްޑީޕީން ނޫން ސަރުކާރެއް ރާއްޖޭގައި އުފެދުމަށް ރައްޔިތުން ނޭދޭ ކަމަށެވެ.

Advertisement

ޕާޓީގެ މަޤްސަދަކީ އާންމު ރައްޔިތުންނަށް ވިޔަފާރި ކުރަން މަގުފަހި ކުރުން ކަމަށާއި ކޮމަންޑޫއަށް މިއަދު ލިބިފައިވާ ތަނަވަސްކަމަކީ އެ ރަށުގެ ރައްޔިތުން އަމިއްލައަށް ހޯދައިގަތް ތަނަވަސް ކަމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

ކޮމަންޑޫއަކީ ރަށްވެހި ކަމުގެ ލާމަސީލު މިސާލެއް ކަމަށާއި މަސް ރައްކާ ކުރުމުގެ ޖާގަ މަސް ފިނިކުރުމުގެ ޖާގަ އިތުރު ކުރުމަށް ވުރެން ބޮޑީ ރާއްޖޭގެ އެ ރަށެއްގެ މަސް އެ ރަށެއްގެ ރައްޔިތުންނަށް ބަންދު ކުރެވި ރާއްޖޭއިން ބޭރަށް ވިއްކޭނެ ގޮތް ހޯދުން ކަމަށް ނަޝީދު ވިދާޅުވިއެވެ.

ގޭދޮށު މަސް ޕްލާންޓްގެ ވާހަކަ އަދިވެސް ދައްކަން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

މަތިކޮމަންޑޫ އާއި ކޮމަންޑޫއާ ދޭތެރޭގައި ބްރިޖެއް އެޅުން އެއީ 2010 ވަނަ އަހަރުން ފެށިގެން އެމްޑީޕީގެ މެނިފެސްޓޯގައި ލިޔަމުން އަންނަ ވާހަކައެއް ކަމަށާއި އެމްޑީޕީން އެކަން ކުރާނެ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މުހައްމަދު އާދަމް ސަލީމް
- ކޮމެންޓް