ހދ. ކުޅުދުއްފުށި ސިޓީ
|
7 ޖެނުއަރީ 2022 | ހުކުރު 18:50
އާދަމް ސަލީމް ކަޕް ފުޓްބޯޅަ މުބާރާތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން
އާދަމް ސަލީމް ކަޕް ފުޓްބޯޅަ މުބާރާތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން
ހދ.ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ
އާދަމް ސަލީމް ކަޕް
އާދަމް ސަލީމް ކަޕް މި މަހު 21 ގައި އަލުން ފަށަނީ
އަލުން މުބާރާތް ކުރިއަށް ގެންދާއިރު ކޮންމެ ޓީމަކަށްވެސް 6 ބަދަލު ގެނައުމުގެ ފުރުސަތު ވަނީ ދީފައި

ކޮވިޑާއި ގުޅިގެން މެދުކަނޑާލި އާދަމް ސަލީމް ކަޕް 2021 މިމަހު 21 ގައި ފަށަން ނިންމާފައިވާކަމަށް ހަނިމާދޫ ޒުވަނުންގެ ޖަމިއްޔާއިން ހާމަކޮށްފިއެވެ.

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާގެ ފަރާތުން މައުލޫމާތު ދިންގޮތުގައި ކޮވިޑް 19 ކޭސްތައް ފެނި ގިނަ ކުޅުންތެރިން ކަރަންޓީން ވާންޖެހުމުން މެދުގަނޑާލި އާދަމް ސަލީމް ކަޕް މިމަހު 21 ގައި ފަށަން ތާވަލު ކޮށްފައިވާކަމަށެވެ.

އެޖަމިއްޔާއިން ބުނީ ކޮންމެ ޓީމަކަށްވެސް 6 ބަދަލު ގެނައުމުގެ ފުރުސަތު ދެވިފައި ވާނެކަމަށެވެ. އެއީ ރަށުން ބޭރު 3 ކުޅުންތެރިންގެ ތެރެއިން ކުޅުންތެރިން އުނިކޮށް އައު ކުޅުތެރިން ޖެހުމާއި ރަށު ކުޅުންތެރިންގެ ތެރެއިން އައު 3 ކުޅުންތެރިން ޓީމު ލިސްޓުގައި ޖެހުމުގެ ފުރުސަތެވެ.

އާދަމް ސަލީމް ކަޕް 2021 ފަށާފައިވަނީ 27 ނޮވެންބަރު 2021 ވަނަދުވަހު ހަވީރުއެވެ. އެ މުބާރާތް ކޮވިޑް 19އާ ގުޅިގެން މެދުކަނޑާލީ 8 ޑިސެންބަރު 2021 ގައެވެ.

އާދަމް ސަލީމް ކަޕް މުބާރާތަކީ ހަނިމާދޫގައި ފުޓްބޯޅައިން ފާހަގަ ކޮށްލެވުނު ހުނަރުވެރިއެއް ކަމަށްވާ، ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާގެ އާދަމް ސަލީމުގެ ހަނދާނުގައި ކޮންމެ ދެ އަހަރުން އެއް އަހަރަކު ބާއްވަމުން އަންނަ މުބާރާތެކެވެ.

ހަނިމާދޫ ޒުވާނުންގެ ޖަމުއިއްޔާއިން މައުލޫމާތުދޭ ގޮތުން އެ ޖަމުއިއްޔާއިން މުޅި ރަށަށް ހުޅުވާލައިގެން ފުރަތަމަ ފުޓްބޯޅަ މުބާރާތެއް ބޭއްވީ 2000 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. އެ މުބާރާތް ބޭއްވީ "ސާސްކަފް ކަޕް" ގެ ނަމުގައެވެ.

ސާސްކަފް ކަޕުގެ ނަމުގައި ފެށި ފުޓްބޯޅަ މުބާރާތް އާދަމް ސަލީމް ކަޕުގެ ނަމަށް ބަދަލުކޮށްފައިވަނީ 2002 ވަނަ އަހަރުއެވެ.

- ކޮމެންޓް