ކ. މާލެ
|
7 ޖެނުއަރީ 2022 | ހުކުރު 08:43
ވެކްސިން ޖެހުމުގެ ގައުމީ ކެމްޕޭންގެ ތެރެއިން ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް ދަނީ
ވެކްސިން ޖެހުމުގެ ގައުމީ ކެމްޕޭންގެ ތެރެއިން ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް ދަނީ
ޓްރީ ޓޮޕް ހޮސްޕިޓަލް
ކޮވިޑް-19 ވެކްސިން
އިތުރު 196 މީހަކު ވެކްސިންގެ ބޫސްޓަރ ޑޯސް ޖަހައިފި
396،916 މީހަކު ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައި
ދެވަނަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 367،950 އަށް އަރާފައި

އިތުރު 196 މީހަކު ވެކްސިންގެ ބޫސްޓަރ ޑޯޒް ޖަހާފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ ބުދަ ދުވަހު މާލެ ސަރަހައްދުން ބޫސްޓަރ ޑޯޒް ޖަހާފައިވަނީ 88 މީހުން ކަމަށެވެ. އަތޮޅުތެރެއިން 108 މީހަކު ބޫސްޓަރ ޑޯޒް ޖަހާފައިވެއެވެ. މިއާއެކު މިހާތަނަށް ވެކްސިންގެ ބޫސްޓަރ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 27،063 އަށް އަރާފައެވެ.

އެޗްޕިއޭއިން ބުނީ ބުދަ ދުވަހު ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވަނީ 34 މީހުން ކަމަށެވެ. ގްރޭޓަރ މާލެ ސަރަައްދުން 23 މީހުން ފުރަތަމަ ޑޯޒް ޖަހާފައިވާއިރު، އަތޮޅުތެރެއިން ވެކްސިން ޖަހާފައިވަނީ 11 މީހުންނެވެ. މިއާއެކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމްލަ ވަނީ 396،916 އަށް އަރާފައެވެ.

އަދި ވެކްސިންގެ ދެވަނަ ޑޯޒް 367،950 މީހުން ޖަހާފައިވާއިރު، މާލެ ސަރަހައްދުން ދެވަނަ ޑޯޒް ޖަހާފައިވަނީ 49 މީހުންނެވެ. އަތޮޅުތެރެއިން 36 މީހުން ދެވަނަ ޑޯޒް ޖަހާފައިވާއިރު، މިހާތަނަށް ވެކްސިންގެ ދެވަނަ ޑޯޒް ޖެހި މީހުންގެ ޖުމްލަ ވަނީ 367،950 އަށް އަރާފައެވެ.

ރާއްޖޭގެ އާބާދީގެ ބޮޑުބަޔަކަށް ވެކްސިން ދިނުމަށް ފެށި މި ކެމްޕެއިންގެ ތެރެއިން ސްކޫލްގައި އުޅޭ ކުދިންނަށް ވެކްސިން ދިނުމުގެ މަސައްކަތްވެސް ކުރިއަށްދެއެވެ. އަދި ވެކްސިންގެ ތިންވަނަ ޑޯޒް ނުވަތަ ބޫސްޓަރ ޑޯޒް ޖަހައިދެމުންދާއިރު، މިވަގުތު ބުސްޓަރ ޑޯޒް ޖަހައިދެމުންދަނީ އުމުރުން 50 އަހަރުން މަތީގެ މީހުންނަށާއި، ދިފާއީ ނިޒާމު ބަލިކަށި މީހުންނަށާއި، ސިއްހީ ޚިދުމަތްތަރިންނަށެވެ.

- ކޮމެންޓް