އއ. ތޮއްޑޫ
|
5 ޖެނުއަރީ 2022 | ބުދަ 18:43
ތޮއްޑޫ ބަނދަރުގެ މަސައްކަތް ކުރިއަށްދަނީ
ތޮއްޑޫ ބަނދަރުގެ މަސައްކަތް ކުރިއަށްދަނީ
ތޮއްޑޫ ކައުންސިލް
ތޮއްޑޫގެ ބަނދަރުގެ މަސައްކަތް
ތޮއްޑޫ ބަނދަރުގެ މަސައްކަތް ހަލުވި ކުރުމަށް އިތުރު އެކްސަވޭޓަރަކާއި ކެރޭނެއް ގެންގޮސްފި
މަސައްކަތް ހަވާލުކޮށްފައިވަނީ ސާސް އީ ކޮންސްޓްރަކްޝަންއާ
މިއީ 58 މިލިޔަން ރުފިޔާގެ މަޝްރޫއެއް

އއ. ތޮއްޑޫގެ ބަނދަރު މަރާމާތުކުރުމުގެ މަސައްކަތް ހަލުވި ކަމާއިއެކު ކުރިއަށް ގެންދިއުމަށްޓަކައި އިތުރު ކެރޭނަކާއި އެކްސްކަވޭޓަރެއް ގެންގޮސްފިއެވެ.

ތޮއްޑޫ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތް އަވަސްކުރުމުގެ ގޮތުން އެރަށަށް އިތުރު އެކްސްކަވޭޓަރަކާއި، އެއްގަމު ތޮށީގެ ގާ ޖެހުމަށްޓަކައި ކެރޭނެއް ވަނީ ގެންދެވިފައެވެ. އަދި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކޮނުމުގެ މަސައްކަތް ނިމި އެއްގަމު ތޮށީގެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ.

Advertisement

ތޮއްޑޫ ބަނދަރު ޒަމާނީ ފެންވަރަކަށް ހެދުމަށްޓަކައި ހަވާލުކޮށްފައިވަނީ ސާސް އީ ކޮންސްޓްރަކްޝަން އަށެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތުގައި ސޮއިކޮށްފައިވަނީ ހުސްވި 2021ވަނަ އަހަރުގެ އޭޕްރީލް މަހުއެވެ. މިއީ 58،989،863.70 މިލިޔަން ރުފިޔާގެ މަޝްރޫއެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ގަޑިއިރު ކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް