ކ. މާލެ
|
11 ޖޫން 2024 | އަންގާރަ 13:37
މުހުތާރު ނަސީރު (ޓޫކިލޯ) ސާފް ޗެމްޕިއަންޝިޕް ތައްޓާއެކު
މުހުތާރު ނަސީރު (ޓޫކިލޯ) ސާފް ޗެމްޕިއަންޝިޕް ތައްޓާއެކު
ފޭސްބުކް
ޓޫކިލޯ ޖަލަށްލުން
ކައުންސިލަށް ގާ އުކައިގެން، ޓޫކިލޯ ޖަލަށްލައިފި
 
އޭނާ އަކީ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްދިން ލަނޑު ޖަހައިދިން ކުޅުންތެރިޔާ

އއ. ތޮއްޑޫ ކައުންސިލް އިދާރާ އަށް ވަދެ ހަމަނުޖެހުން ހިންގައި، ފުރާޅަށް ގާ އުކި މައްސަލާގައި ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ މުހުތާރު ނަސީރު (ޓޫކިލޯ) ހައްޔަރުކޮށް ޖަލުގައި ބަންދުކޮށްފި އެވެ.

ކްލަބް ވެލެންސިއާ އާއި ވިކްޓަރީގައި ވެސް މޮޅަށް ކުޅުނު ޓޫކިލޯ އަކީ ރާއްޖެއަށް ފުޓްބޯޅައިން ލިބުނު ފުރަތަމަ ތަށި ކަމަށްވާ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްދިން ލަނޑު ޖަހައިދިން ކުޅުންތެރިޔާ އެވެ. 2008 ވަނަ އަހަރު ސްރީލަންކާގައި ކުޅުނު ފައިނަލް މެޗު ނިމިނިމި އޮއްވައި އޭނާ ލަނޑު ޖެހީ އޭރުގެ ދިފާއީ ޗެމްޕިއަން އިންޑިޔާ ކޮޅަށެވެ. މިއާއެކު ދިވެހިން ވަނީ އޭނާ އާއި ގައުމީ ޓީމަށް ބަތަލުންގެ ދަރަޖަ ދީފަ އެވެ. މިހެންވެ ޓޫކިލޯ ދޫކޮށްލުމަށް އޭނާގެ ސަޕޯޓަރުން ވަނީ ސޯޝަލް މީޑިއާގައި ވަނީ ހަރަކާތެއް ވެސް ފަށައިފަ އެވެ.

އަމިއްލަ ރަށް ތޮއްޑޫގައި ގެސްޓް ހައުސް ވިޔަފާރި ކުރަމުން އަންނަ ޓޫކިލޯ މި މައްސަލާގައި ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ. އޭނާއާއެކު އިތުރު ބަޔަކު ވެސް ހައްޔަރުކުރި އެވެ. ނަމަވެސް މި ވަގުތު ޖަލުގައި ވަނީ އޭނާ އެކަނި ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ކައުންސިލް އިދާރާ އަށް ވަދެ ހަމަނުޖެހުން ހިންގި މައިގަނޑު މައްސަލައަކީ ތޮއްޑޫ ދަނޑުބިންތަކުގެ ތެރެއިން ބިމެއްގެ މުއްދަތު އިތުރު ކުރި މައްސަލާގަ އެވެ. ތޮއްޑޫ ކައުންސިލުން ބުނީ އެ ރަށުގައި ދަނޑުވެރިކަން ކުރާ ތިން ސަރަހައްދުގެ ތެރެއިން އެއް ތަނެއްގައި، ދަނޑު ހައްދަން ދޫކުރާ މުއްދަތު ފަސް އަހަރުން 15 އަހަރަށް އިތުރުކުރަން ނިންމީ އެއީ ޓެކްނޮލިޖީ ބޭނުންކޮށްގެން ދަނޑު ހެއްދުމަށް އެކަށީގެންވާ މުއްދަތު ދިނުމަށް ޓެކްނޮލޮޖިސްޓުން ލަފާދީފައިވާތީ ކަމަށެވެ.

ޓޫކިލޯ ވަނީ ވެލެންސިއާ އާއި ވިކްޓަރީގައި މޮޅަށް ކުޅެ 2008 ވަނަ އަހަރު ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ވެސް ހޯދައިފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
100%
ކޮމެންޓް