Advertisement
ކ. މާލެ
|
5 ޖެނުއަރީ 2022 | ބުދަ 12:50
މަގޫދޫ އައު އިންޖީނުގެ ހުޅުވުމަށް ބޭވި ރަސްމިއްޔާތުގެ ތެރެއިން
މަގޫދޫ އައު އިންޖީނުގެ ހުޅުވުމަށް ބޭވި ރަސްމިއްޔާތުގެ ތެރެއިން
ރާއްޖެއެމްވީ
މަގޫދޫ އިންޖީނުގެ ހުޅުވުން
މަގޫދޫ އައު އިންޖީނުގެ ހުޅުވައިފި
ފެނަކައިން ރާއްޖޭގެ 150 ރަށެއްގައި ފެނާއި ކަރަންޓުގެ ޚިދުމަތް އަންނަނީ ފޯރުކޮށްދެމުން
އިންޖީނުގެތައް އާއްމުން ދިރިއުޅޭ ސަރަހައްދުތަކާ ދުރަށް ގެންދިއުމުގެ މަސައްކަތުގެ 99 ޕަސެންޓް ވަނީ ނިމިފައި

ނ.މަގޫދޫގައި ސަރުކާރުން އެޅި އައު އިންޖީނުގެ އާއި އޮފީސް އިމާރާތް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ހުޅުވައިދެއްވައިފިއެވެ.

މަގޫދޫގައި އަލަށް އެޅި އިންޖީނުގެއަކީ 400 ކިލޯވޮޓްގެ ކަރަންޓް އުފެއްދުމުގެ ގާބިލްކަން ހުރި އިންޖީނުގެއެކެވެ. މަގޫދޫގައި ހުޅުވުނު އިންޖީނުގެއަކީ މީގެ ކުރިން އެރަށުގެ ރައްޔިތުންގެ ދިރިއުޅޭ ސަރަހައްދުގައި މީހުންނަށް ދަތިވާގޮތަށް ހުރި ތަނެކެވެ. އެހެންނަމަވެސް އައު އިންޖީނުގެއަކީ ޒަމާނީ ވަސީލަތްތަކާއެކު ގާއިމްކުރެވުނު އިންޖީނުގެއެކެވެ. މިއާއެކު މަގޫދޫގެ ގެތަކަށް ކަރަންޓުގެ ޚިދުމަތް ފަސޭހައިންލިބި ކުރިން ކުރިމަތިވި ދަތިތަކަށް ދާއިމީ ހައްލެއް ލިބިގެން ދިޔައީއެވެ.

Advertisement

ރަށުގެ މީހުން ދިރިއުޅޭ ހިސާބުގައި ހުރި އިންޖީނުގެތައް މީހުން އުޅޭ ހިސާބުތަކާ ދުރަށް ގެންދިޔުމަށް ސަރުކާރުން ވަނީ މަސައްކަތް ފަށާފައެވެ. ރަށްރަށުގެ އިންޖީނުގެތައް އާއްމުން ދިރިއުޅޭ ސަރަހައްދުތަކާ ދުރަށް ގެންދިއުމުގެ މަސައްކަތުގެ 99 ޕަސެންޓް ނިމިފައިވާ ކަމަށް ފެނަކައިން ބުނެފައިވެއެވެ.

ފެނަކައިން ރާއްޖޭގެ 150 ރަށެއްގައި ފެނާއި ކަރަންޓުގެ ޚިދުމަތް އަންނަނީ ފޯރުކޮށްދެމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
- ކޮމެންޓް