ހދ. ކުޅުދުއްފުށި ސިޓީ
|
4 ޖެނުއަރީ 2022 | އަންގާރަ 18:07
ޓޫރިސްޓުން ހެދުން އެޅުމުގެ ގަވާއިދު އަންގައިދިނުމަށް ނޯޓިސް ހަރުކުރަނީ
ޓޫރިސްޓުން ހެދުން އެޅުމުގެ ގަވާއިދު އަންގައިދިނުމަށް ނޯޓިސް ހަރުކުރަނީ
ތޮއްޑޫ ކައުންސިލް
ގެސްޓުން ހެދުން އަޅަންވީގޮތް ބުނެދިނުން
ތޮއްޑޫ ކައުންސިލުން ޓޫރިސްޓުންނަށް ހެދުން އެޅުމުގެ ގަވާއިދު އަންގައިދެނީ
ތޮއްޑޫގައި 43 ގެސްޓު ހައުސް ހިންގާއިރު މިހާރު ޖުމްލަ އެނދުގެ އަދަދަކީ 558
އިތުރު 24 ގެސްޓުހައުސް އެޅުމުގެ މަސައްކަތް މިހާރުވެސް އަންނަނީ ކުރަމުން

ތޮއްޑޫގައި ހިންގާ ގެސްޓުހައުސްތަކަށް އެރަށު ކައުންސިލުން ޒިޔާރަތްކޮށް ޓޫރިސްޓުންނަށް ހެދުން އެޅުމުގެ ގަވާއިދު ކިޔައިދީ ނަސޭހަތްތެރިވެ ނޯޓިސް ހަރުކުރުމުގެ ހަރަކާތެއް ފަށައިފިއެވެ.

ތޮއްޑޫ ކައުންސިލުން ބުނި ގޮތުގައި ގެސްޓުހައުސްތަކަށް ކައުންސިލަރުން ޒިޔާރަތްކޮށް، ޓޫރިސްޓުން ހެދުން އެޅުމުގެ ގަވާއިދު ފެންނާނެ ފަދަ ނޯޓިސް އެތަންތަނުގެ ތެރޭގައި ހަރުކޮށް ނިމިފައިވާކަމަށެވެ. އަދި ރަށުގެ އާއްމު ތަންތާގައި އިތުރު ޕޯސްޓުތައް ހަރުކުރާނެކަމަށް ވެސް ކައުންސިލުން މައުލޫމާތު ދެއެވެ. މީގެ އިތުރުން ޓޫރިސްޓުންނާއި ގެސްޓުހައުސްތައް ހިންގުމާއި ގުޅޭ އިތުރު ގަވާއިދުތައް ތަންފީޒުކުުރުވައި މޮނިޓަަރ ކުރުމަށް އެކަމަށް ޚާއްސަ މުއައްޒަފުން މި ޖެނުއަރީ މަސް ނިމުމުގެ ކުރިން ނަގާނެކަމަށް ބުނެއެވެ.

ތޮއްޑޫގައި މިހާރު ވެސް 43 ގެސްޓުހައުސް ހިންގާއިރު، ޖުމުލަ އެނދުގެ އަދަދަކީ 558 އެވެ. އިތުރު 24 ގެސްޓުހައުސް އެޅުމުގެ މަސައްކަތް މިހާރުވެސް އަންނަނީ ކުރަމުންނެވެ.

ތޮއްޑޫގައި ޓޫރިޒަމް ކުރިއެރުވުމަށް ޚާއްސަ ބްރޭންޑެއް ކަމުގައިވާ “ތޮއްޑޫ މޯލްޑިވްސް، ޓްރޮޕިކަލް ޕެރަޑައިސް” ވަނީ ދާދި ފަހުން ލޯންޗްކޮށްފައެވެ. ތޮއްޑޫއަކީ ފުޅާ ދާއިރާއެއްގައި ގެސްޓްހައުސްގެ ވިޔަފާރި ކުރަމުން އަންނަ ރަށެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
- ކޮމެންޓް