ހދ. ކުޅުދުއްފުށި ސިޓީ
|
4 ޖެނުއަރީ 2022 | އަންގާރަ 13:12
ނ.ލަންދޫ ބަނދަރު
ނ.ލަންދޫ ބަނދަރު
އެމްޓީސީސީ
ލަންދޫ ބަނދަރުގެ މަސައްކަތް ނިންމާލުން
ލަންދޫ ބަނދަރުގެ މަސައްކަތް ނިމިއްޖެ
ލަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއަކީ 35.60 މިލިއަން ރުފިޔާގެ މަޝްރޫއެއް

ނ. ލަންދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިންމާލާފައިވާ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފިއެވެ.

ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ފަރާތުން މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 2019 ވަނަ އަހަރު ޑިސެމްބަރު 10 ގައެވެ. 

އެމްޓީސީސީން ބުނީ، އެ މަޝްރޫއުގެ މަސައްކަތް ހޯމަދުވަހު ނިންމާލާފައިވާ ކަމަށެވެ.

ލަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫގެ ދަށުން 227 މީޓަރުގެ އެއްގަމު ތޮއްޓެއްވަނީ ލާފައެވެ. އަދި 387 މީޓަރުގެ ބޭރު ތޮއްޓެއް ލުމާއެކު، 73 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ވެސް ވަނީ ޖަހާފައެވެ. މީގެއިތުރުން 80 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖަހާ، 1750 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭމަންޓް ވަނީ ހަދާފައެވެ. އަދި ރޭމްޕެއް ހަދައި މަގުބައްތި ހަރުކުރުމުގެ މަސައްކަތްވެސް މިމަޝްރޫއުގެ ދަށުން ވަނީ ކުރިއަށް ގެންގޮސްފައެވެ.

ލަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއަކީ 35.60 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އެމްޓީސީސީން ބުނީ، މިދިޔަ ތިން އަހަރުގެ ތެރޭ އެ ކުންފުނިން ބަނދަރު ތަރައްގީ ކުރުމުގެ 26 މަޝްރޫއެއްގެ މަސައްކަތް ނިންމާފައިވާ ކަމަށެވެ.

- ކޮމެންޓް