ކ. މާލެ
|
4 ޖެނުއަރީ 2022 | އަންގާރަ 10:55
އައްޑޫ، ހިތަދޫ
އައްޑޫ، ހިތަދޫ
ސޯޝަލް މީޑިއާ
ކޮވިޑް ބަލީގައި މީހަކު ނިޔާވުން
އައްޑޫސިޓީން ކޮވިޑް ބަލީގައި މީހަކު ނިޔާވެއްޖެ
ނިޔާވެފައިވަނީ އުމުރުން 82 އަހަރުގެ ދިވެހި ފިރިހެނެއް
މިހާތަނަށް ނިޔާވި މީހުންގެ ޖުމްލަ ވަނީ 263 އަށް އަރާފައި

ކޮވިޑް-19ގައި އިތުރު މީހަކު އައްޑޫ ސިޓީން ނިޔާވެފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

އެޗްޕީއޭއިން ބުނީ އަންގާރަ ދުވަހުގެ މެންދަމު 02:30 ގައި އައްޑޫ ކޮވިޑް މެނޭޖްމެންޓް ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދަނިކޮށް ނިޔާވީ އުމުރުން 82 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް ބަލީގައި ނިޔާވި މީހުންގެ ޖުމްލަ ވަނީ 263 އަށް އަރާފައެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން 242 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ އަތޮޅު ތަކުން ޕޮޒިޓިވްވި 78 މީހުންނާއި، މާލެ ސަރަހައްދުން ޕޮޒިޓިވްވި 97 މީހުންނާއި އިތުރުން، ރިސޯޓުތަކުން ޕޮޒިޓިވްވި 66 މީހުންނާއި، އުޅަނދަކުން ޕޮޒިޓިވްވި މީހެކެވެ. އެއާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 96،294ށް އަރާފައެވެ.

މިވަގުތު އެކްޓިވް ކޭހުގެ ގޮތުގައި 2609 ކޭހެއް ގުނަމުން ދެއެވެ. އަދި މިވަގުތުވެސް 12 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ގެންދަނީ ފަރުވާ ދެމުންނެވެ.

- ކޮމެންޓް