ކ. މާލެ
|
4 ޖެނުއަރީ 2022 | އަންގާރަ 09:31
ނ. އަތޮޅަށް ރައީސުލްޖުމްހޫރިއްޔާ ފުރާވަޑައިގެންނެވުން
ނ. އަތޮޅަށް ރައީސުލްޖުމްހޫރިއްޔާ ފުރާވަޑައިގެންނެވުން
ރައީސް އޮފީސް
ރައީސް ސާލިހު ނ. އަތޮޅަށް ފުރާވަޑައިގެންނެވުން
ރައީސުލްޖުމްހޫރިއްޔާ ނ. އަތޮޅަށް ކުރައްވާ ދަތުރުފުޅެއްގައި ފުރާވަޑައިގެންފި
އެ ރަށްރަށުގެ ކައުންސިލްތަކާއި ރައްޔިތުންނަށް ރައީސް ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައި
މި ދަތުރުފުޅުގައި ލަންދޫ މިސްކިތާއި، ބަނދަރު ހުޅުއްވުމާއި، މަގޫދޫ އިންޖީނުގެ ހުޅުއްވައި ދެއްވުމަށް ވަނީ ހަމަޖެހިފައި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް މިލަދުންމަޑުލު ދެކުނުބުރީގެ ފަސް ރަށަކަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅެއްގައި ފުރާވަޑައިގެންފިއެވެ.

އެމަނިކުފާނު ދަތުރުފުޅު ކުރައްވަން ހަމަޖެހިފައިވަނީ ނ. މާފަރަށާއި، ލަންދޫއަށާއި، މަނަދޫއަށާއި، މަގުދޫ އަދި ހޮޅުދޫއަށެވެ.

މި ރަށްތަކަށް ކުރައްވާ ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާ ނ. އަތޮޅު ކައުންސިލާއި، ވަކި ވަކި ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، ބައެއް ރަށްރަށުގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި، އެމަނިކުފާނު ދަތުރުކުރައްވާ ރަށްރަށުގެ ބައެއް މުއައްސަސާތަކަށް ޒިޔާރަތްކުރައްވައި އެތަންތަނުގެ ހާލަތު ބައްލަވައިލެއްވުމަށް ހަމަޖެހިފައި ވެއެވެ.

މީގެ އިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ލަންދޫ މިސްކިތާއި، ބަނދަރު ހުޅުއްވައި ދެއްވުމަށާއި، މަގޫދޫގައި އަލަށް އިމާރާތްކޮށްފައިވާ އިންޖީނުގެ ހުޅުއްވައި ދެއްވުމަށާއި، ހޮޅުދޫ ފުޓްބޯޅަދަނޑު ރަސްމީކޮށް ހުޅުއްވައި ދެއްވަން ހަމަޖެހިފައެވެ.

ރައީސްގެ ދެ ދުވަހުގެ މި ދަތުރުފުޅުގައި، ކެބިނެޓް މިނިސްޓަރުންނާއި، ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެ ވަޑައިގަންނަވައެވެ.


Advertisement
- ކޮމެންޓް