ށ. ފުނަދޫއަށް ވަރަށް ބޮޑަށް އުދައަރައިފިއެވެ.
ރާއްޖެ.އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުން ފުނަދޫއަށް އުދައަރަން ފަށާފައިވަނީ އާދީއްތަ ދުވަހުގެރޭ ދަންވަރުގެ ވަގުތެއްގައެވެ.
ފުނަދޫއަށް އަރާފައިވާ އުދައިގެ އަސަރު އެރަށު މީހުން ދިރިއުޅޭ ގެތަކާއި ހިސާބަށް ކޮށްފައިވެއެވެ. އުދަ އެރެމުގެ ސަބަބުން ބައެއް ގޭގެޔަށް ފެން ވަދެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
މީގެ ކުރިންވެސް އިރުވައި މޫސުމާ ދިމާކޮށް ރާއްޖޭގެ އެކި ސަރަހައްދުތަކަށް އުދައިގެ އަސަރުކޮށްފައިވެއެވެ. ޚާއްސަކޮށް އުތުރުގެ ރަށްރަށަށް އުދައިގެ އަސަރު ވަރަށް ބޮޑަށް ކުރެއެވެ.