ކ. މާލެ
|
31 މެއި 2017 | ބުދަ 00:02
ވިޔަފާރިވެރިންގެ މިސްކިތުގެ ރޯދަ ވިއްލުން
ވިޔަފާރިވެރިންގެ މިސްކިތުގެ ރޯދަ ވިއްލުން
ރާއްޖެއެމްވީ
ރަމަޟާން 1438
ގިނަ އަދަދެއްގެ ބިދޭސީންގެ ރޯދަ ވީއްލުން މިސްކިތުގައި
މިސްކިތުގައި ރޯދަ ވިއްލުމަށް ގިނަ މީހުން ކާބޯތަކެތި ފޮނުވާ
ގިނައިން މިސްކިތުގައި ރޯދަ ވިއްލަނީ ބިދޭސިން
ދިވެހިންނަކީ ދީލަތި ބެއެއްކަން މިސްކިތުގެ ރޯދަ ވިއްލުމުން ހާމަކޮށްދޭ

ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ގައުމަކަށް ވުމާއެކު، ރޯދަ މަހަކީ ހުރިހާ ގޮތަކުން ވެސް ދިވެހިންނަށް، އަދި ދިވެހިރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް ވެސް ހާއްސަ މަހެކެވެ. ރޯދަ ވީއްލުމަށް ގޭގޭގެ މޭޒުމަތި މީރު ކާއެއްޗެހިން ފުރިފައިވާއިރު، ބައެއް މީހުންނާއި ވިޔަފާރިވެރިންގެ ދީލަތިކަން ފެނިގެންދެ އެވެ.  ހޮޓާ، ކެފޭ، ރެސްޓޯރެންޓްތަކުގެ ވެރިންގެ ވިސްނުން ހަމައެކަނި ހުއްޓިފައި ހުރީ ހަމައެކަނި އަގުބޮޑު ރޯދަ މެނޫތަކަކަށް ވެސް ނޫނެވެ. ގިނަ ފަރާތްތަކަކުން، މިސްކިތްތަކަށް ރޯދަ ވީއްލަން ފޮނުވަ އެވެ. ބައެއް މިސްކިތްތަކުގައި ރޯދަ ވީއްލުން، އާދައިގެ ގެއެއްގެ ސުފުރާ މައްޗަށްވުރެ ފުރިހަމަ އެވެ.

 

މިސްކިތުގައި ރޯދަވިއްލުން ތައްޔާރުކުރާ މީހަކު ބުނި ގޮތުގައި ކޮންމެ ދުވަހަކު ވެސް ރޯދަ ވިއްލަން ތެކެތި ވިޔަފާރިވެރިންނާއި އަމިއްލަ ފަރާތަށް ހަދިޔާ ކުރާ ކަމަށެވެ. ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ހެދިކާއި އާއި މައިލޯ ޕަކެޓް އަދި ތަފާތު ބުއިންތައް ރޯދަ ވިއްލަން ހުރެ އެވެ. މިކަން ކުރަނީ ވަކި މީހަކަށް ބެލުމެއް ނެތް، ސަދަގާތުގެ ގޮތުގަ އެވެ. 


ރޯދަ މަހުގެ ފުރިހަމަ ސަވާބު ހޯދުމަށްޓަކައި، އަޅުކަމުގަ އާއި ގުރުއާން ކިޔެވުމަށްޓަކައި މިސްކިތްތަކުގައި ވަގުތު ހޭދަކުރާ މީހުންގެ އިތުރުން، މިސްކިތުން ރޯދަ ވީއްލައިގެން މަގުރިބް ނަމާދުކުރަންދާ މީހުން މަދެއް ނޫނެވެ. އެކަން ފެނިގެން ދަނީ، ހަވީރުގެ ފިނިޖެހެން ފެށުމާއެކު، މިސްކިތްތަކުގެ ގޯތިތެރެއިން ފެންނަ މަންޒަރުންނެވެ.

 

"ވަރަށް ގިނަ މީހުން ރޯދަ ވިއްލަން އާދޭ، ބިދޭސިން ހާއްސަކޮށް، އެމީހުންނަން ވާނެ މިސްކިތުން ދޭ ރޯދަ ވިއްލުމަކީ ވަރަށް ބޮޑު އެއްޗަކަށް، މިސާލަކަށް 7 ރުފިޔާއަށް ދޭ ޕެކެޓެއް، މިސްކިތަށް އައިސްގެން ހިލޭ ލިބޭކަމަށްވާނަމަ ، ހޮޓަލުން ގަތުމަށް ވުރެ ރަނގަޅުވާނެ" މިސްކިތުން ވާހަކަ ދެއްކި މީހަކު, ނަން ނުޖެހުމަށް ޝަރުތުކޮށްގިނަ  ބުންޏެއެވެ.

 

ރޯދަ ވީއްލުމަށްޓަކައި އެކި މީހުން ފޮނުވާ ކާބޯތަކެތި ގާތްކޮށްގެން، ފާރުބުރި މަތީގަ އާއި، މިސްކިތުގެ ހަރިންމައިގެ ތެރޭގައި އިށީނދެގެން ތިބެނީ ބަންގު ގޮވާނެ ވަގުތެއްގެ އިންތިޒާރުގަ އެވެ. މި މީހުންގެ ތެރޭގައި ދިވެހިންގެ އިތުރުން، ބިދޭސީން ހާއްސަކޮށް، ބަންގްލަދޭޝްގެ މީހުން ގިނަ އަދަދަކަށް ހިމެނެ އެވެ. ބައެއް މިސްކިތްތަކުގައި ރޯދަ ވިއްލާ ވަގުތު ގިނައީ ވެސް ބިދޭސީންނެވެ.

 

"ގިނައިން މިސްކިތަކަށް އަންނަނީ ބަންގްލަދޭޝް ، ރާއްޖެއިން ބޭރު މީހުން، ދިވެހިންވެސް ހަމަ ރަނގަޅަށް އަރާ މިސްކިތަށް މި ވަނީ ވިޔަފާރިވެރިންގެ މިސްކިތަކީ، ހާއްސަކޮށް މި މިސްކިތަށް ޒުވާނުންނާއި ދަތުރުވެރިން އަންނާނެ، މި ކޮޅުން ހެދިކާއި ގާތްގަނޑަކަށް ހުރިހާ ވައްތަރެއްގެ ޖޫހާ ހުރިހާއެއްޗެއް ލިބިގެންދާނެ " ވިޔަފާރިވެރިންގެ މިސްކިތުގައި ރޯދަ ވިއްލުން ތައްޔާރުކުމަށް އިސްކޮށް ހަރަކާތްތެރިވާ މީހެއް ބުންޏެއެވެ.

 

މިސްކިތްތަކުން ބިދޭސީން ރޯދަ ވީއްލާ އެތައް ސަބަބެއް އެބަ ހުއްޓެވެ. އެ ސަބަބުތައް އެ މީހުން ހިއްސާ ކުރި އެވެ. ބައެއް މީހުން ބުނި ގޮތުގައި މަގުރިބް ނަމާދު ވަގުތަށް އެ މީހުން މިސްކިތަށް ޖަމާވަނީ ރޯދަ ވީއްލުމަށެވެ. ގިނަ އަދަދެއްގެ ބިދޭސީންނަކީ ހޮޓާތަކުން ކައިބޮއި ހަދާ ބައެކެވެ. ނަމަވެސް ރޯދަ މަހުގެ ރޯދަ ވީއްލުން ހޮޓާތަކުގައި އަގުބޮޑުވުމަކީ އެ މީހުން މިސްކިތުގެ ރޯދަ ވީއްލުން ހިޔާރުކުރާ ސަބަބެކެވެ. 

 

ބައެއް ބިދޭސީން ބުނި ގޮތުގައި އެ މީހުން ގެނެސްގެން އުޅޭ ކުންފުނިތަކުން ރޯދަ ވިއްލުން ހަމަޖައްސައެއް ނުދެ އެވެ. 

"ލިބޭ މުސާރައިން ނުވަނީ. އެހެންވެ މިތަނަށް އަންނަނީ،" ބަންގްލަދޭޝްގެ މީހަކު ބުންޏެވެ.

ދިވެހިންނަކީ ހަގީގަތުގައި ވެސް ދީލަތި، ހިތްހެޔޮ ބައެކެވެ. އެކަން މިފަދަ އެތައް ކަމަކުން ފެނިގެންދެ އެވެ.

- ކޮމެންޓް
2 ޖޫން 2017 | ހުކުރު 07:17
ގާދިރު
މިގައުމުގައުޅޭބަނގުލަދޭޝްމީހުންނަކީ ކުކުޅުހާލައްވެސްހިތާހިތުންނުހިތާމީހުންއެކީއްވެތައިންސާނީހައިސިއްޔަތުންވިސނަލާނަމަަތިމާޔައްވެސްއިހުސާސުވާނެއެމީހުންނަކީވެސްއަހަރެމެންނެކޭއެއްގޮތައްހުރިހާޖކަމެއްވެސްބ=ޭނުންޖެހޭނެބައެއްކަންއަނިޔަކުރުމާކަންކަންކޮއްގެންނުވާނެކަނބްތިމަޔައްވެވުނުވަރަކުންއެމީހުންނައްއަޅާލަންޖެގހޭކަންއެމީހުންމިގައުމުގަމަ ގައިމުވެސްއަހަރެންވަރައްދެރަވޭއެމީހުންމިގައުމުގައުޅޭހާލަތަމެދުސައްކަތްކުރަނީވަރައްނިކަމެތިހާލުގަތާހިރުވެވޭނެފަދަވެސްނުހުރޭނިދާހަދަނީއެހާދަތިހާލުގަ
2 ޖޫން 2017 | ހުކުރު 07:10
ގާދިރު
ބަނގުލަދޭޝްމީހުންނަކީވެސްިންސާނުންނަމަވެސްދެރަކަމަކީމިކަންދިވެހިންގެތެރެއިން ބައެއްމީހުންނުދަންނަތީގައުމުކީއްކުރަންމިފުރަމާލެސާފުތާހިރުކޮށްބަލަހައްޓަނީވެސްއެމީހުންބަނގުލަދޭޝްމީހުންނޭކިޔާފައެމީހުންމަގުމަތިންފެނުމު ންއަތުގައޮންނަފޯނާއި މަދުރުފިޔާކޮޅުވެސްއެބައަތުލާނިދާހަދަނީ އެހާދަތިހާލުގަބައެއްފަހަރުހިތައްވަރައްއަސަރުކުރޭއެމީހުންނައްދޭއަނިޔާފެނުނީމަހާދައަނިޔާއެއްކުރޭމިގައުމުގެބައެއްޒުވާނުންސަރުކާރުންއެބަޖެހޭ އެމީހުންނާމެދު އަޅަން އދިވެހިންނަކީ އެންމެކުޑަމިނުންތިމާގެތުނބުޅިވެސްއެމީހުންލައްވާނޫނީނުބޭލޭމީހުންއެހެންކްމުގަވާއިރު ބަންގާޅީންނޭކިޔާތީ އެމީހުންނަކީވެސްއިންސާނުންކަމައި ހަމަ ދިވެހިންނެކޭއެއްގޮތައް އެމީހުންގެވެސްއިންސާނީ ހައްގުތަކެއްވާކަންދަންނަންވެއްޖެ
30 މެއި 2017 | އަންގާރަ 22:01
Malcolm x
Koba massala akee. Thihurihaa hedhikaa eh hadhanee bidheyseen!