ކ. މާލެ
|
1 ޖެނުއަރީ 2022 | ހޮނިހިރު 21:14
ސިނަމާލެ ބްރިޖުގައި މީގެ ކުރިން ހިނގި އެކްސިޑެންޓެއް
ސިނަމާލެ ބްރިޖުގައި މީގެ ކުރިން ހިނގި އެކްސިޑެންޓެއް
ރާއްޖެއެމްވީ
ބްރިޖްގައި ހިނގި އެކްސިޑެންޓްތައް
އެއްގަޑިއިރު ތެރޭގައި ބްރިޖްގައި ތިން އެކްސިޑެންޓް!
 
އުޅަނދުތަކަށް އެކި ވަރުގެ ގެއްލުން ލިބިފައިވޭ
 
އެއްވެސް މީހަކަށް އަނިޔާއެއް ނުވޭ

ހުކުރު ދުވަހުގެރޭ ސިނަމާލެ ބްރިޖްގައި ތިން އެކްސިޑެންޓް ހިނގާފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ހުކުރު ދުވަހުގެރޭ 22:45 އާ 00:00 އާ ދެމެދު 3 އެކްސިޑެންޓް ހިނގާފައިވާކަމަށެވެ. މީގެ ތެރެއިން އެއް އެކްސިޑެންޓު ހިނގާފައިވަނީ ސައިކަލަކާއި، ކާރެއް ޖެހިގެންނެވެ. ބާކީ ދެ އެކްސިޑެންޓް ހިނގާފައިވަނީ 2 ކާރެއް ޖެހިގެން ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި ތިން އެކްސިޑެންޓްގައިވެސް އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާކަމަށް ފުލުހުން ބުނެފައިވެއެވެ. އެހެންނަމަވެސް އުޅަނދުތަކަށް އެކި ވަރުގެ ގެއްލުން ލިބިފައިވާކަމަށް ބުނެއެވެ.

މި ތިން މައްސަލަވެސް އިތުރަށް ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިމާދު ލަތީފް
60%
0%
0%
0%
40%
0%
ކޮމެންޓް
ގުޅުންހުރި
އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި
ކަނޑުމަތީގައި ހިންގާ ޓެރަރިޒަމްގެ އަމަލުތަކުގައި ފުލުހުން އަމަލުކުރާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައިފި
ހުޅުމާލޭގައި ވެހިކަލެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ މަރުގައި ތުހުމަތު ކުރެވޭ ފަދަ އެއްވެސް ކަމެއް ނެތް
މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ފަސް މީހުންގެ ބަންދަށް 15 ދުވަސް ޖަހަައިފި
ބަނޑޭރިކޮށީގައި މަރުވެފައި އޮތް މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރަމުން: ފުލުހުން
ބުޅަލަކަށް އަނިޔާކޮށް، އުސްފާރެއްގެ މަތިން ހޫރާލި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި
ހުޅުމާލޭގައި ޕާކުކޮށްފައި އޮތް ވޭންއެއްގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ
މީހަކު ރަހީނުކޮށްގެން ފައިސާ ފޭރުނު މައްސަލައެއްގެ ތަހުގީގަށް ހޯދާ މީހެއްގެ ވަނަވަރު އާންމުކޮށްފި