ކ. މާލެ
|
1 ޖެނުއަރީ 2022 | ހޮނިހިރު 15:32
އައު އަހަރާއި ދިމާކޮށް ފުލުހުން ވަނީ ޚާއްސަ އޮޕަރޭޝަންތަކެއް ހިންގާފައި
އައު އަހަރާއި ދިމާކޮށް ފުލުހުން ވަނީ ޚާއްސަ އޮޕަރޭޝަންތަކެއް ހިންގާފައި
ރާއްޖެއެމްވީ
ފުލުހުންގެ އޮޕަރޭޝަން ރިވެލި
އައު އަހަރުގެ އޮޕަރޭޝަންތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް 3 މީހުން
 
މި އޮޕަރޭޝަނުގައި ކަނޑުމަތީގެ ސަރަހައްދުތައްވެސް ބަލައި ފާސްކޮށްފައިވޭ
 
ފޭރުމާއި ގުޅޭ 2 މައްސަލައާއި ވައްކަމުގެ 4 މައްސަލަވެސް ހިމެނޭ
 
މާސްކް ނާޅާ އުޅުނު 2 މީހަކުވެސް ޖޫރިމަނާ ކޮށްފައިވޭ

އައު އަހަރު ފެށުމާއި ދިމާކޮށް މާލެ ސަރަޙައްދުގައި ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަންތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ 3 މީހުންކަމަށް ފުލުހުން ބުނެފިއެވެ.

އެކަމާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިސަރ ވަނީ އައު އަހަރާއި ދިމާކޮށް ކުރިއަށް ގެންދިޔަ "އޮޕަރޭޝަން ރިވެލި" އާ ގުޅޭ ތަފާސްހިސާބުތައް ހިއްސާ ކުރައްވާފައެވެ. ހުކުރު ދުވަހުގެ ހަވީރު 16:00ން ފެށިގެން ހޮނިހިރު ދުވަހުގެ ހެނދުނު 06:00 ގެ ނިޔަލަށް ފޭރުމާއި ގުޅޭ 2 މައްސަލައާއި، ވައްކަމުގެ 4 މައްސަލައާއި، މަސްތުވާތަކެތީގެ މައްސަލައަކާއި، މާރާމާރީއާއި ގުޅޭ 3 މައްސަލައެއް ފެންމަތިވެފައިވާއިރު، އޭގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ 3 މީހެކެވެ.

އެހެންނަމަވެސް، ހައްޔަރަށް ނުވާގޮތަށް އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.

އޭގެ އިތުރުން، 387 ވެހިކަލެއް ޗެކް ކޮށްފައިވާއިރު، 99 މީހެއް ބަލައި ފާސްކޮށްފައިވެއެވެ. އަދި 504 މީހަކު ހުއްޓުވައި ސުވާލުކޮށްފައިވެއެވެ. މި އޮޕަރޭޝަންގައި 789 ސަރަޙައްދެއްވެސް ޗެކް ކޮށްފައިވެއެވެ.

މާސްކް ނާޅާ އުޅުނު 2 މީހަކުވެސް މި އޮޕަރޭޝަންގައި ޖޫރިމަނާ ކޮށްފައިވާއިރު، 6 މީހަކަށް ނަސޭޙަތް ދީފައިވެއެވެ. އަދި 6 ވެހިކަލްއެއް ޓޯވްކޮށް، ޓްރެފިކް ޤަވާއިދާ ޚިލާފުވެގެން އެކަކު ޖޫރިމަނާ ކޮށްފައިވެއެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި މި އޮޕަރޭޝަންގައި ކަނޑުމަތީގެ ސަރަޙައްދުތައްވެސް ބަލައި ފާސްކޮށްފައިވެއެވެ. އަދި 5 އުޅަނދަކަށް އެކި ބާވަތުގެ ފިޔަވަޅު އަޅާފައިވެއެވެ.

އައު އަހަރާއި ދިމާކޮށް ކުރިއަށް ގެންދިޔަ "އޮޕަރޭޝަން ރިވެލި" ކުރިއަށް އޮތް ތަނުގައިވެސް ފުލުހުން ކުރިއަށް ގެންދާނެއެވެ. އަދި މާލެ ސަރަޙައްދާއި އަތޮޅުތެރެ ބެލެހެއްޓުމަށް ގިނަ މަސައްކަތްތަކެއް މި އޮޕަރޭޝަންގެ ދަށުން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ ނިންމާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
0%
ކޮމެންޓް