ކ. މާލެ
|
31 ޑިސެންބަރ 2021 | ހުކުރު 22:32
އައު އަހަރަށް ސިޑްނީގެ ބަނދަރު ހަވާއިން ދިއްލާލާފައިވާ މަންޒަރު
އައު އަހަރަށް ސިޑްނީގެ ބަނދަރު ހަވާއިން ދިއްލާލާފައިވާ މަންޒަރު
ގެޓީ އިމޭޖަސް
އައު އަހަރު- ސިޑްނީން
އައު އަހަރަށް ސިޑްނީގެ ބަނދަރު ހަވާއިން ދިއްލާލައިފި
 
އެކި ޑިޒައިންތައް ދެއްކުމުގެ ގޮތުން 25،000 ޝޫޓިންގ އިފެކްޓްސް ލާފައިވޭ
 
އެހެން އަހަރުތަކާ އަޅާބަލާއިރު މި އަހަރު އެ މަންޒަރުތައް ދެކިލުމަށް ދިޔަ މީހުންގެ އަދަދު ނިސްބަތުން ދަށް
 
ގިނަ ގައުމުތަކުން ވަނީ އައު އަހަރު ފާހަގަކުރުމަށް ކުލަގަދަ ހަރަކާތްތަކެއް އިންތިޒާމުކޮށްފައި

އައު އަހަރު ފާހަގަ ކުރުމުގެ ގޮތުން އޮސްޓްރޭލިޔާގެ ސިޑްނީގެ "ހާބަރ ބްރިޖް" އާއި އޯޕްރާ ހައުސް އަދި މުޅި ބަނދަރު ހަވާއިން ދިއްލާލައިފިއެވެ.

ސިޑްނީން ވަނީ އައު އަހަރު ފާހަގަ ކުރުމުގެ ގޮތުން ކައުންޓް ޑައުނެއް ޖައްސައި، އެ ގައުމުގެ ގަޑިން އައު އަހަރު ފެށުމާއެކު މުޅި ބަނދަރު ހަވާއިން ދިއްލާލާފައެވެ. މި ހަރަކާތުގައި 6 ޓަނަށްވުރެ ގިނަ ހަވާ ބޭނުންކޮށްފައިވާއިރު، މިއީ ސިޑްނީގެ އޯޕްރާ ހައުސްއިން މީގެ ކުރިން ހަވާއަރުވާފައިވާ އެކި ފަހަރުތަކާއި އަޅާބަލާއިރު މުޅިން ތަފާތު ފަހަރެއްކަމަށް އެ އޮސްޓްރޭލިޔާގެ ނޫސްތަކުން ރިޕޯޓު ކޮށްފައިވެއެވެ. އެގޮތުން ހަވާ އެރުވުމުގައި އެކި ޑިޒައިންތައް ދެއްކުމުގެ ގޮތުން 25،000 ޝޫޓިންގ އިފެކްޓްސް ލާފައިވާއިރު، ޕައިރޯޓެނިކް އިފެކްޓްވެސް ގިނަ އަދަދަކަށް ހިމަނާފައިވެއެވެ.

މި ހަރަކާތް ބަލާލުމަށްޓަކައި ގިނަ އަދަދެއްގެ މީހުން އެ ސަރަހައްދަށް އެއްވެފައިވެއެވެ. އެހެންނަމަވެސް ކޮވިޑުގެ މި ހާލަތުގައި އެހެން އަހަރުތަކާ އަޅާބަލާއިރު މި އަހަރު އެ މަންޒަރުތައް ދެކިލުމަށް ދިޔަ މީހުންގެ އަދަދު ނިސްބަތުން ދަށްކަމަށް ނޫސްތަކުން ރިޕޯޓު ކޮށްފައިވެއެވެ.

ކޮވިޑާއި ގުޅިގެން ފްރަންޓްލައިންގައި މަސައްކަތް ކުރަމުންދާ ފަރާތްތަކަށް ޚާއްސަކޮށްވެސް މި ހަރަކާތުގައި ހަވާއަރުވާފައިވެއެވެ.

އޮސްޓްރޭލިއާގެ އިތުރުންވެސް ގިނަ ގައުމުތަކުން ވަނީ އައު އަހަރު ފާހަގަކުރުމަށް ކުލަގަދަ ހަރަކާތްތަކެއް އިންތިޒާމު ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
100%
ކޮމެންޓް