Advertisement
ކ. މާލެ
|
31 ޑިސެންބަރ 2021 | ހުކުރު 09:35
ގުރައިދޫ ޕިކްނިކް އައިލެންޑް،
ގުރައިދޫ ޕިކްނިކް އައިލެންޑް،
އެމްޓީސީސީ
ޕިކްނިކް އައިލެންޑް ހުޅުވާލުން
ޕިކްނިކް އައިލެންޑް ވަގުތީގޮތުން ބޭނުންކުރުމަށް ފުރުސަތު ހުޅުވާލައިފި
ހުއްދަދެނީ ހަފްތާގެ ކޮންމެ ދުވަހަކު ވެސް ހެނދުނު 6:00ން ހަވީރު 6:00ށް
ހަފްތާގެ ކޮންމެ ދުވަހަކު ވެސް ވަށްމާފުއްޓަށް ޒިޔާރަތްކުރުމުގެ ހުއްދަ ދެވޭނެ
ހުކުުރު އަދި ހޮނިހިރުގައި ގެސްޓު ހައުސްތަކުގެ ގެސްޓުންނަށް ވަށްމާފުއްޓަށް އެރުމުގެ ފުރުސަތެެއް ނޯންނާނެ

ޕިކްނިކް އައިލެންޑް ވަށްމާފުށި ވަގުތީގޮތުން ބޭނުންކުރުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

ބުރާސްފަތި ދުވަހު މާފުށީ ކައުންސިލުން ބުނީ، އެކައުންސިލަށް ހަވާލުކޮށްފައިވާ ވަށްމާފުށި ޕިކްނިކް އައިލެންޑް ބޭނުންކުރާނެ އުސޫލުތަކެއް ހެދި ރަސްމީކޮށް ހުޅުވާލެވެންދެން ކައުންސިލުގެ ހުއްދައާއެކު ވަށްމާފުއްޓަށް އެރުމަށް ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.

Advertisement

ވަށްމާފުއްޓަށް ވަގުތީގޮތުން އެރުމަށް ހުއްދަ ދެވޭނީ ހަފްތާގެ ކޮންމެ ދުވަހަކު ވެސް ހެނދުނު 6:00ން ހަވީރު 6:00ށް ކަމަށް ކައުންސިލުން ބުނެއެވެ. ކައުންސިލުން ބުނީ ހަފްތާގެ ކޮންމެ ދުވަހަކު ވެސް މާފުށީގެ ރައްޔިތުންނަށާއި، ދިވެހިންނަށް ވަށްމާފުއްޓަށް ޒިޔާރަތްކުރުމުގެ ހުއްދަ ދެވޭނެ ކަމަށެވެ. ހުކުރު، ހޮނިހިރު، ދެ ދުވަސް ޚާއްސަ ކުރެވިފައިވާނީ މާފުށީގެ ރައްޔިތުންނަށާއި، ދިވެހިންނަށް ކަމަށްވާއިރު، މި ދެ ދުވަހު ގެސްޓު ހައުސްތަކުގެ ގެސްޓުންނަށް ވަށްމާފުއްޓަށް އެރުމުގެ ފުރުސަތެއް ނޯންނާނެ ކަމަށް ކައުންސިލުން ބުނެއެވެ. އަދި ގެސްޓުންނަށް ވަށްމާފުއްޓަށް ޒިޔާރަތްކުރުމަށް ހުއްދަ ދެވޭނީ އާދިއްތަ އިން ބުރާސްފަތި ދުވަހަށް ކަމަށެވެ.

ވަށްމާފުއްޓަށް ޒިޔާރަތް ކުރާ މީހުން އެރަށުގެ ސާފުކަމާއި ރީތިކަން ދެމެހެއްޓުމަށް އެމީހުން އުފައްދާ ކުންޏެއް އަނބުރާ މާފުއްޓަށް ގެނެސް ކުނި މެނޭޖުކުރާ ސަރަހައްދަށް ގެންދިއުމަށް ކައުންސިލުން އިލްތިމާސްކޮށްފައިވެއެވެ. އަދި ވަށްމާފުށި ފެހި ކުރުމުގެ ގޮތުން ގަސްއިންދުމަށް ރަށުގެ ރައްޔިތުންނަށާއި، މާފުށީގައި ދިރިއުޅޭ އާއިލާތަކަށާއި، މުއައްސަސާ، ކުންފުނި، ކްލަބް ޖަމްޢިއްޔާތަކަށާއި، ވިޔަފާރިތަކަށް ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް ކައުންސިލުން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
- ކޮމެންޓް