Advertisement
ކ. މާލެ
|
6 ނޮވެންބަރ 2021 | ހޮނިހިރު 19:48
ކުޑަގިރި ޕިކްނިކް އައިލެންޑް
ކުޑަގިރި ޕިކްނިކް އައިލެންޑް
އެމްޓީސީސީ
ޕިކްނިކް އައިލެންޑް
ޕިކްނިކް އައިލެންޑުގެ މަސައްކަތް އަންނަ އޭޕްރީލް މަހަށް ނިމޭނެ: ޢާޒިމް
މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ ސެޕްޓެމްބަރު 1ގައި
މިއީ 41 މިލިއަން ރުފިޔާގެ މަޝްރޫއެއް

މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ދަތުރު ދިއުމަށް ޚާއްސަކޮށްފައިވާ ކުޑަގިރި ޕިކްނިކް އައިލެންޑުގެ މަސައްކަތް އަންނަ އޭޕްރީލް މަހަށް ނިންމާލެވޭނެ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.

ކ. ކުޑަގިރި ފަޅުގައި ޕިކްނިކް އައިލެންޑެއް ތަރައްގީކުރުމުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު 1 ވަނަ ދުވަހުއެވެ. މިކަމާގުޅޭގޮތުން އެމްޓީސީސީގެ ސީއީއޯ އާދަމް ޢާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ, ކުޑަގިރި ފަޅުން ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ޚާއްސަކުރުމަށް ކަނޑައަޅާފައިވާ ރަށް ހިއްކުމުގެ މަސައްކަތް މޮބިލައިޒް ކޮށްފައިވާކަމަށެވެ.

Advertisement

ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާ އެއްގޮތަށް, ވީހާވެސް އަވަހަކަށް މި މަސައްކަތް ނިންމުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށް ޢާޒިމް ވިދާޅުވިއެވެ. އެގޮތުން އަމާޒަކީ އަންނަ 2022 ވަނަ އަހަރުގެ އޭޕްރީލްގެ ކުރިން މި މަސައްކަތް ނިންމުން ކަމަށް ޢާޒިމް ވިދާޅުވިއެވެ.

ކުޑަގިރި ޕިކްނިކް އައިލެންޑްގެ މަޝްރޫއުގައި ސޮއިކުރެއްވުމަށްފަހު ޢާޒިމް ވިދާޅުވީ އެރަށް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށެވެ. އަދި ކުރިއަށް އޮތް 6 މަސް ނޫނީ 8 މަސް ތެރޭގައި އެރަށަށް ޕިކްނިކް ދެވޭނެވަރަށް ތަރައްގީކުރެވިގެންދާނެ ކަމަށެވެ.

ކުޑަގިރީގައި ޕިކްނިކް އައިލެންޑެއް ތަރައްގީކުރުމުގެ މަޝްރޫއަކީ 41 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް