ހ.އ ދިއްދޫ
|
29 ޑިސެންބަރ 2021 | ބުދަ 21:19
އއ. ތޮއްޑޫ
އއ. ތޮއްޑޫ
ސޯޝަލް މީޑިއާ
ތޮއްޑޫގައި އައު އަހަރު ފާހަގަ ކުރުން
ތޮއްޑޫގައި އައު އަހަރު ކުލަގަދަ ގޮތެއްގައި ފާހަގަ ކުރަނީ
އައު އަހަރުގެ އިތުރުން ބޮޑުއީދުވެސް ކުލަގަދަ ގޮތެއްގައި ފާހަގަ ކުރުމަށް ވަނީ ނިންމާފައި
ރަށުގެ އެކި ސަރަހައްދުތަކުގައި ބޮކިދިއްލައި، ޒީނަތްތެރިކުރުމާއި ހަވާ އެރުވުން ހިމެނޭ
މި ދެ މުނާސަބަތާ ގުޅުވައިގެން އާންމު ގެތަކާއި މަގުތަކާއި މަގުފާރުތައް ޒީނަތްތެރި ކުރުމަށް ތޮއްޑޫ ކައުންސިލުން ވަނީ އެދިފައި

މި ފެށޭ 2022 ވަނަ އަހަރަށް މަރުހަބާ ކިޔުމުގެ ގޮތުން، އއ. ތޮއްޑޫގައި އައު އަހަރު ކުލަގަދަކޮށް ފާހަގަ ކުރަން ނިންމައިފިއެވެ.

ތޮއްޑޫ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި އައު އަހަރުގެ އިތުރުން ބޮޑުއީދުވެސް ކުލަގަދަ ގޮތެއްގައި ފާހަގަ ކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން މި ދެ މުނާސަބަތުގައި ރަށުގެ އެކި ސަރަޙައްދުތަކުގައި ބޮކިދިއްލައި ޒީނަތްތެރި ކުރުން ހިމެނޭއިރު، ހަވާ އެރުވުންވެސް ހިމެނޭ ކަމަށް ތޮއްޑޫ ކައުންސިލުން ހާމަކުރެއެވެ. މިއީ ތޮއްޑޫގެ ތަރައްޤީގެ ޕްލޭނުގައި ހިމަނާފައިވާ ކަންތައް ކަމަށާއި މި ދުވަސްތައް ކޮންމެ އަހަރެއްގައިވެސް ފާހަގަ ކުރާނެ ކަމަށްވެސް ކައުންސިލުން ވަނީ ހާމަކޮށްފައެވެ.

Advertisement

މީގެ އިތުރުން މި ދެ މުނާސަބަތާއި ގުޅުވައިގެން އާންމު ގެތަކާއި މަގުތަކާއި މަގުފާރުތައް ޒީނަތްތެރި ކުރުމަށް ތޮއްޑޫ ކައުންސިލުން ވަނީ އެދިފައެވެ. އަދި ކައުންސިލްގެ ފަރާތުން ފާހަގަކުރާ މުނާސަބަތުތަކުގައި ރައްޔިތުން ދެއްވާ އެއްބާރުލުމަށް ކައުންސިލުން ވަނީ ޝުކުރު އަދާކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް