ކ. މާލެ
|
28 ޑިސެންބަރ 2021 | އަންގާރަ 22:59
އައު އަހަރުގެ ފުރަތަމަ ދުވަހު އާންމު ރައްޔިތުން މަގުތަކަށް ނުކުމެ
އައު އަހަރުގެ ފުރަތަމަ ދުވަހު އާންމު ރައްޔިތުން މަގުތަކަށް ނުކުމެ
ރާއްޖެއެމްވީ
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު 21 ވަނަ ފަހަރަށް އިތުރުކޮށްފި
މި މުއްދަތު ޖެނުއަރީ މަހުގެ 29 ވަނަ ދުވަހާ ހަމައަށް ވަނީ އިތުރުކޮށްފައި
އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އެންމެ ފުރަތަމަ އިއުލާނުކޮށްފައިވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ 12 ވަނަ ދުވަހު

އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިތުރު އެއް މަސްދުވަހަށް ދިގުދަންމާލައިފިއެވެ.

ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ސޮއިކުރައްވައި ނެރުއްވި ގަރާރުގައި ވަނީ، ދުނިޔޭގެ އެކި ގައުމުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އަދިވެސް އިތުރަށް ފެތުރުމުގެ ނުރައްކާ އެބައޮތް ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި އިއުލާނުކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު، 30 ޑިސެންބަރު 2021ގެ ނިޔަލަށް ހަމަވާނެ ކަމަށެވެ.

ކޮވިޑް-19 އިތުރަށް ފެތުރުމުގެ ނުރައްކާ އަދިވެސް އެބައޮތް ކަމަށާއި، އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޚާއްސަ ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ލަފާދެއްވާފައިވާ ކަމަށެވެ. އެހެންކަމުން އެންމެ ފަހުން އިއުލާނުކުރި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރު އެއް މަހަށް ދަމަހައްޓަން ނިންމެވީ ކަމަށެވެ. މި މުއްދަތު ޖެނުއަރީ މަހުގެ 29 ވަނަ ދުވަހާ ހަމައަށް ވަނީ ދަންމާލާފައެވެ.

އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އެންމެ ފުރަތަމަ އިއުލާނުކޮށްފައިވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ 12 ވަނަ ދުވަހުއެވެ. މި ހާލަތުގައި ބަލި ކޮންޓްރޯލްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ބާރު ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިގެންވެއެވެ.

މިވަގުތު ރާއްޖޭގެ ކޮވިޑްގެ ހާލަތަށް ބަލާއިރު އަތޮޅުތެރެއިން ފެންނަ ކޭސްތަކުގެ އަދަދު ގިނައެވެ. އެގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 190 މީހުން ޕޮޒިޓިވްވެފައިވާއިރު، އޭގެ ތެރެއިން 71 މީހުން ޕޮޒިޓިވްވެފައިވަނީ އަތޮޅުތެރެއިންނެވެ. މާލެ ސަރަހައްދުން 47 މީހުން އަދި ހިންގަމުންދާ ރިސޯޓުތަކުން 71 މީހުން ޕޮޒިޓިވްވެފައިވެއެވެ.

- ކޮމެންޓް