ކ. މާލެ
|
28 ޑިސެންބަރ 2021 | އަންގާރަ 22:49
ލިލީ ބީޗް ރިސޯޓް
ލިލީ ބީޗް ރިސޯޓް
ސޯޝަލް މީޑިއާ
ރާއްޖޭގެ ކޮވިޑް-19 ހާލަތު
އަންގާރަ ދުވަހު ރިސޯޓުތަކުން 71 މީހުން ޕޮޒިޓިވްވެއްޖެ
މާލެ ސަރަހައްދުން ޕޮޒިޓިވްވީ 47 މީހުން
އަތޮޅުތެރެއިންނާއި ރިސޯޓުތަކުން ޕޮޒިޓިވްވީ 71 މީހުން
ބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ 262އަށް އަރާފައި

އަންގާރަ ދުވަހު ރިސޯޓުތަކުން 71 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާކަމަށް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހާމަކޮށްފިއެވެ.

އެޗްޕީއޭއިން ބުނީ ހޯމަ ދުވަހުގެ އިރުއޮއްސި 06:00އިން އަންގާރަ ދުވަހުގެ އިރުއޮއްސި 06:00އަށް 4،224 ސާމްޕަލް ޓެސްޓުކޮށްފައިވާކަމަށެވެ. މީގެ ތެރެއިން ޕޮޒިޓިވްވީ 190 މީހުންނެވެ. އެއީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 47 މީހުންނާއި، އަތޮޅުތެރެއިން ޕޮޒިޓިވްވި 71 މީހުންނާއި އަދި ހިންގަމުންދާ ރިސޯޓުތަކުންވެސް ޕޮޒިޓިވްވި 71 މީހުން ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ. އަދި ލިވްއެބޯޑްތަކުން އެކަކު ޕޮޒިޓިވްވެފައިވާކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

އެޗްޕީއޭއިން ބުނީ މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 95،222އަށް އަރާފައިވާކަމަށެވެ. މިވަގުތު އެކްޓިވް ކޭހުގެ ގޮތުގައި 2،127 ކޭހެއް ގުނަމުންދާކަމަށާއި، މީގެ ތެރެއިން 11 މީހަކަށް ހޮސްޕިޓަލުތަކުގައި އެޑްމިޓުކޮށްގެން ފަރުވާދެމުންގެންދާ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

މިހާތަނަށް ބަލިން ފަސޭހަވި މީހުންގެ ޖުމްލަ 92،820އަށް އަރައެވެ. ބަލީގައި 262 މީހަކު ވަނީ ނިޔާވެފައެވެ.

- ކޮމެންޓް