Advertisement
ކ. މާލެ
|
26 ޑިސެންބަރ 2021 | އާދީއްތަ 17:01
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އޮފީސް
އެއްބައިވަންތަކަމުގެ ދުވަސް
އެއްބައިވަންތަކަމުގެ ނަމޫނާ ދިވެހިންގެ ހިތްތަކުގައި ވަނީ ބިންވަޅު ނެގިފައި: ރައީސް ސޯލިހު
ދިވެހިން ވަނީ އެކުވެރިކަން ދައްކުވައިދީފައި
2004 ވަނަ އަހަރު ހިނގައިދިޔަ ސުނާމީ ކާރިސާގައި ރާއްޖޭގެ ގިނަ ރަށްރަށަށް ވަނީ އެކި ވަރުގެ ގެއްލުން ލިބިފައި

ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާއާ ގުޅިގެން ދެއްކި އެއްބައިވަންތަކަމުގެ ނަމޫނާ ދިވެހިންގެ ހިތްތަކުގައި ބިންވަޅު ނެގިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

Advertisement

އެއްބައިވަންތަކަމުގެ ދުވަހުގެ ހެޔޮއެދުންތައް ރާއްޖޭގެ ރައްޔިތުންނަށް އަރިސްކޮށް ރައީސް ސޯލިހު ވިދާޅުވީ، ސުނާމީ ކާރިސާއާ ގުޅިގެން ދިވެހިން ދެއްކި އެކުވެރިކަމާއި އެއްބައިވަންތަކަމުގެ މަތިވެރި ގައުމީ ނަމޫނާ މިއަދުވެސް ހިތްތަކުގައި ބިންވަޅު ނެގިފައިވާ ކަމަށެވެ.

ކޮންމެ އަހަރެއްގެވެސް ޑިސެމްބަރު 26 ވަނަ ދުވަސް މީގެ 17 އަހަރު ކުރިން ފެށިގެން ރާއްޖޭގައި ފާހަގަ ކުރަމުން އަންނަނީ ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައެވެ. މިގޮތުން އެންމެ ފުރަތަމަ މިދުވަސް ފާހަގަ ކުރެވުނީ ރައީސް މައުމޫނުގެ ދައުރުގައި 26 ޑިސެންބަރު 2005 ގައެވެ. ދުވަސް ނިސްބަތްވަނީ 26 ޑިސެންބަރު 2004ގައި ރާއްޖެއަށް ކުރިމަތިވި ގުދުރަތީ އެންމެބޮޑު ކާރިސާއަށެވެ. 2004 ވަނަ އަހަރު ހިނގައިދިޔަ ސުނާމީ ކާރިސާގައި ރާއްޖޭގެ ގިނަ ރަށްރަށަށް ވަނީ އެކި ވަރުގެ ގެއްލުން ލިބިފައެވެ. 9 ރަށެއް ފިޔަވައި އެހެން ހުރިހާ ރަށަކަށް ސުނާމީގެ އަސަރު ކޮށްފައިވާއިރު، މި ހާދިސާގައި 82 މީހަކު ނިޔާވެ، 24 މީހަކު ވީނުވީއެއް ނޭނގި ގެއްލިފައިވާކަމަށް ވަނީ ރިޕޯޓުކޮށްފައެވެ. 

އެއްބައިވަންތަކަމުގެ ދުވަސް ފާހަގަ ކުރެވެނީ ހިތާމަޔާއި ބިރުވެރިކަމުގެ އެދުވަހު އެންމެހައި ދިވެހިން ގުޅިގެން ދެއްކި އެއްބައިވަންތަކަމުން ފިލާވަޅު ލިބިގަނެ ގައުމީ ޖޯޝާއި އެއްބައިވަންތަަކަން އިތުރުކޮށް ދެމެހެއްޓުމަށް ބާރުއަޅައި ހިތްވަރު ދިނުމެވެ. ‫

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް