ކ. މާލެ
|
26 ޑިސެންބަރ 2021 | އާދީއްތަ 07:07
ބީއެމްއެލް ވާއު ކިޑްސް ރަންގެ ތެރެއިން
ބީއެމްއެލް ވާއު ކިޑްސް ރަންގެ ތެރެއިން
ބީއެމްއެލް
ބީއެމްއެލްގެ 'ވާއު ކިޑްސް ރަން'
ބީއެމްއެލްގެ 'ވާއު ކިޑްސް ރަން' ކާމިޔާބުކަމާއެކު ނިންމާލައިފި
މި ދުވުމާ ގުޅުވައިގެން ބީއެމްއެލްއިން ވަނީ އެމްއޭޕީޑީއަށް އެއްލައްކަ ރުފިޔާ ހަދިޔާކޮށްފައި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ 'ވާއު ކިޑްސް ރަން' ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ކޮންމެ އަހަރަކުވެސް ކުޑަ ކުދިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުން އަންނަ މި ހަރަކާތުގައި މިއަހަރު ހަތަރު އުމުރުފުރާއަކުން ޖުމްލަ 900 ކުދިން ވަނީ ބައިވެރިވެފައެވެ. މި ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ ހޮނިހިރު ދުވަހުގެ ހެނދުނު ހުޅުމާލޭގައެވެ.

ބީއެމްއެލްއާއި ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) ގުޅިގެން ކުރިއަށް ގެންދިޔަ މި ހަރަކާތާ ގުޅުވައިގެން ބީއެމްއެލްއިން ވަނީ މޯލްޑިވްސް އެސޯސިއޭޝަން ފޯރ ޕަރސަންސް ވިތް ޑިސަބިލިޓީސް (އެމްއޭޕީޑީ)ށް އެއްލައްކަ ރުފިޔާ ހަދިޔާކޮށްފައެވެ. މި ރުފިޔާ ޚަރަދުކުރާނީ އެމްއޭޑީޕީން ކުރިއަށްގެންދާ 'ހެލްތީ ޕީޑަބްލިއުޑީސް ޕްރޮގްރާމް' އަށެވެ. މި ޕްރޮގްރާމުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ފިޒިއޮތެރަޕީ، ބިހޭވިއެރަލް، ސްޕީޗް އަދި އޮކިއުޕޭޝަނަލް ތެރަޕީ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ޖުމްލަ ހަތަރު އުމުރުފުރާއަކަށް ބަހާލައިގެން މި ދުވުން ކުރިއަށް ގެންގޮސްފައިވަނީ 1.3 ކިލޯ މީޓަރާއި ދެ ކިލޯމީޓަރާއި ތިން ކިލޯ މީޓަރު އަދި ހަތަރު ކިލޯ މީޓަރގެ ދިގުމިނަށެވެ. އަދި މި ދުވުން ފުރިހަމަ ކުރުމުން ކޮންމެ ކުއްޖަކަށް ވެސް ވަނީ މެޑަލް ހަވާލުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
ކޮމެންޓް