Advertisement
ކ. މާލެ
|
25 ޑިސެންބަރ 2021 | ހޮނިހިރު 21:14
ބަންދުކުރުމަށް ހަމަޖެހިފައިވާ ހިސާބު އަންގައިދޭ ޗާރޓް
ބަންދުކުރުމަށް ހަމަޖެހިފައިވާ ހިސާބު އަންގައިދޭ ޗާރޓް
ޕޮލިސް
އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާ
އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާއަށް ޖުމްހޫރީ މައިދާން ސަރަހައްދު ބަންދުކުރަނީ
26 ޑިސެންބަރުގެ 17:30ން ފެށިގެން އެކި ވަގުތުތަކުގައި، އާންމު ޓްރެފިކަށް ބަންދުކުރުމަށް ހަމަޖެހިފައިވޭ
26 ޑިސެންބަރުގެ މެންދުރު 2ގެ ކުރިން އެ ޒޯންތަކުގައި ހުރި އުޅަނދުތައް ނަގައި، ޒޯންތައް ހުސްކުރުމަށް ވަނީ އެދިފައި

އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ޖުމްހޫރީ މައިދާން ސަރަހައްދު, 26 ޑިސެންބަރު 17:30ން ފެށިގެން އެކި ވަގުތުތަކުގައި އާންމު ޓްރެފިކަށް ބަންދުކުރުމަށް ހަމަޖެހިފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ވަނީ ރަސްމީ ޖަލްސާ ބޭއްވުމަށްޓަކައި ބަންދުކުރުމަށް ބޭނުންވާ ސަރަހައްދު ފާހަގަކޮށް ޗާޓެއް އާންމުކޮށްފައެވެ. ފުލުހުން ބުނީ ޗާޓުގައި ފާހަގަކޮށްފައިވާ ޕާރކިންގ ޒޯންތަކުގައި ޕާރކު ކުރުން މަނާ ކުރެވި އެ ޒޯންތައް ހުސްކުރުމަށް ހަމަޖެހިފައިވާތީ، 26 ޑިސެންބަރުގެ މެންދުރު 2ގެ ކުރިން އެ ޒޯންތަކުގައި ހުރި އުޅަނދުތައް ނަގައި ޒޯންތައް ހުސްކުރުމަށް އެދޭކަމަށެވެ.

Advertisement

ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދިވެހި ގައުމާ މުޚާޠަބު ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. ރައީސުލްޖުމްހޫރިއްޔާ ގައުމާ މުޚާޠަބު ކުރައްވާނީ، އާދިއްތަ ދުވަހުގެ ރޭގަނޑު 8:30ގައި ޖުމްހޫރީ މައިދާނުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ.

ރައީސް އޮފީހުން ބުނީ މި ޖަލްސާގައި، ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ޝަރަފުގެ ބެޖާއި އައްޑަނަ ދެއްވުން އޮންނާނެ ކަމަށެވެ. ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި އާދިއްތަ ދުވަހުގެ ރޭ ބާއްވާ ޖަލްސާގައި، 2004 ޑިސެންބަރު މަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައި މި ދުނިޔެ ދޫކުރި މީހުންގެ ހަނދާނުގައި 1 މިނިޓުގެ ސުކޫތެއް ގެންނާނެއެވެ. އަދި އެއްބައިވަންތަކަމުގެ ދުވަހާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ވީޑިއޯ ރިޕޯޓެއް ދެއްކުން ވެސް އޮންނާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް