ހދ. ކުޅުދުއްފުށި ސިޓީ
|
24 ޑިސެންބަރ 2021 | ހުކުރު 21:39
ކުޅުދުއްފުށީގައި ރެންޑަމް ސާމްޕަލް ނަގަނީ
ކުޅުދުއްފުށީގައި ރެންޑަމް ސާމްޕަލް ނަގަނީ
އުއްމު ކުލްސޫމް އިބްރާހިމް
ކުޅުދުއްފުށީގެ ކޮވިޑް ހާލަތު
ކުޅުދުއްފުށީގައި ކޮވިޑް ފެތުރިދާނެކަމުގެ ބިރުހީވެފައި
ކުޅުދުއްފުށިން ހުކުރު ދުވަހު ކޮވިޑް-19ށް ޕޮޒިޓިވްވި 5 މީހުންނާއެކު ޖުމްލަ އަދަދު 16ށް ވަނީ އަރާފައި
މިވަގުތު 18 ގެއެއްގައި 35 ކޮންޓެކްޓުން ވަނީ ކަރަންޓީނު ކުރެވިފައި

ކުޅުދުއްފުށި ސިޓީން ހުކުރު ދުވަހު ކޮވިޑް-19ށް ޕޮޒިޓިވްވި 5 މީހުންނާއެކު ޖުމްލަ އަދަދު 16ށް އަރައިފިއެވެ.

އެންމެ ފުރަތަމަ ޕޮޒިޓިވް ކޭހެއް ފެނުނީ މިދިޔަ ހޯމަ ދުވަހުއެވެ. ހުކުރު ދުވަހު ޕޮޒިޓިވްވީ ބުރާސްފަތި ދުވަހު ޕޮޒިޓިވްވި ކުޑަ ދެކުދިންގެ އާއިލާގެ މެމްބަރުންނެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން މައުލޫމާތު ދިންގޮތުގައި ބަލި ޖެހިފައިވާ އެއްވެސް މީހެއްގެ ހާލު އަދި ގޯސްނުވެއެވެ. މިހާތަނަށް ހަތަރު ކްލަސްޓާއެއް ފާހަގަވެފައިވާއިރު މިވަގުތު 18 ގެޔެއްގައި 35 ކޮންޓެކްޓުން ވަނީ ކަރަންޓީނު ކުރެވިފައެވެ.

ބުރާސްފަތި ދުވަހު ކުޅުދުއްފުށިން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 11 އަހަރުގެ ކުއްޖަކާއި 9 އަހަރުގެ ކުއްޖެކެވެ. 9 އަހަރުގެ ކުއްޖާއަކީ އަލާމާތް ހުރެގެން ފުލޫ އޯޕީޑީއަށް ދެއްކި ކުއްޖެކެވެ. އަދި 11 އަހަރުގެ ކުއްޖަކީ ގާރލްގައިޑް ކޭމްޕަށް ދިޔުމުގެ ކުރިން ނެގި ސާމްޕަލެކެވެ.

ހޯމަ ދުވަހު ޕޮޒިޓިވެފައިވަނީ އަލާމަތް ހުރެގެން އޯޕީޑީއަށް ދެއްކި މީހަކާއި، މާލޭން އައި 28 އަހަރުގެ ފިރިހެނެކެވެ. އެ މީހާގެ އެއްވެސް ކޮންޓެކްޓެއް ނެތެވެ.

މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި ހަތަރު ކްލަސްޓާއެއް ފެނިފައިވުމުން ރަށު ތެރޭގައި ބަލި ފެތުރުމުގެ ފުރުސަތު ބޮޑުކަމަށް ސިއްހީ އޮފިޝަލުން ވިދާޅުވެއެވެ. އެހެންކަމުން ބަލިން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
- ކޮމެންޓް