ހދ. ކުޅުދުއްފުށި ސިޓީ
|
1 ޑިސެންބަރ 2021 | ބުދަ 12:38
ކުޅުދުއްފުށި ހޮސްޕިޓަލް
ކުޅުދުއްފުށި ހޮސްޕިޓަލް
އެޑިޝަން.އެމްވީ
މެޑިކަލް އޮފިސަރުން ހޯދުން
ހދ އަތޮޅުގެ ގިނަ ރަށްރަށަށް މެޑިކަލް އޮފިސަރުން ހޯދަނީ
މިމަގާމުތަކަށް ބޭރު މީހުންގެ ބަދަލުގައި ނަގާނީ ދިވެހިން

ކުޅުދުއްފުށި ސިޓީ ހިމެނޭހެން ހދ ގެ އިތުރު 9 ރަށަކަށް މެޑިކަލް އޮފިސަރުންނާއި ސީނިއާ މެޑިކަލް އޮފިސަރުން ހޯދަން އިއުލާންކޮށްފިއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އިތުރުން ފުރުސަތު ހުޅުވާލާފައިވަނީ ހިރިމަރަދޫ، ވައިކަރަދޫ، ހަނިމާދޫ، ނޮޅިވަރަންފަރު، މަކުނުދޫ، ނައިވާދޫ، ނޮޅިވަރަމް، ނޭކުރެންދޫ އަދި ކުމުންދޫ ސިއްހީ މަރުކަޒުންނެވެ.

މުޅި ޖުމްލަ 27 މީހުން ހޯދުމަށް އިއުލާންކޮށްފައިވާއިރު، މިމަގާމްތަކަށް ހޯދަނީ ދިވެހި މުވައްޒަފުންނެވެ. މިމަގާމަށް ނަގާ މީހުންގެ މުސާރައިގެ ގޮތުގައި މަގާމުގެ ރޭންކަށް ބަލާ އެކި އަދަދުތައް ކަނޑައެޅިފައިވާއިރު މަގާމުގެ އަސާސީ ޝަރުތުތައް ވެސް ކަނޑައަޅާފައިވަނީ ރޭންކަށް ބަލާފައެވެ.

ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ސަރުކާރުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
- ކޮމެންޓް