Advertisement
ކ. މާލެ
|
22 ޑިސެންބަރ 2021 | ބުދަ 15:43
ރައީސުލްޖުމްހޫރިއްޔާ ބަންގްލަދޭޝްގެ ބޮޑުވަޒީރާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން،
ރައީސުލްޖުމްހޫރިއްޔާ ބަންގްލަދޭޝްގެ ބޮޑުވަޒީރާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން،
ރައީސް އޮފީސް
ޝައިޚް ހަސީނާގެ ދަތުރުފުޅު
ބޮޑު ވަޒީރު ޝެއިޚް ހަސީނާ ރާއްޖެ ވަޑައިގެންފި
ބުރާސްފަތި ދުވަހު އެކަމަނާއަށް ގާރޑް އޮފް އޮނަރއެއް އަރުވާނެ
މި ދަތުރުފުޅުގައި 4 އެއްބަސްވުމެއްގައި ސޮއިކޮށް، 13 އަސްކަރީ އުޅަނދު ރާއްޖެއަށް ހަދިޔާކުރައްވާނެ
ސިއްޙީ ދާއިރާއިން މީހުން ތަމްރީނުކުރުމަށް ވެފައިވާ އެއްބަސްވުން އައުކުރުމަށް ވެސް ވަނީ ހަމަޖެހިފައިވޭ

ބަންގްލަދޭޝްގެ ބޮޑު ވަޒީރު ޝެއިޚް ހަސީނާ ރާއްޖެ ވަޑައިގެންފިއެވެ.

ބުދަ ދުވަހެއްގެ ވަގުތެއްގައި އެކަމަނާ ރާއްޖެ ވަޑައިގަންނަވާފައިވާއިރު، މި ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މި އަހަރުގެ މާރޗް މަހު ބަންގްލަދޭޝަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ދެއްވި ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

ޝެއިޚް ހަސީނާ ރާއްޖެއަށް ކުރައްވާ ދަތުރުފުޅާ ގުޅޭ ގޮތުން އެ ގައުުމުގެ ފޮރިން މިނިސްޓަރު ޑރ. އޭކޭ އަބްދުލް މޫމިން ވިދާޅުވީ ޝެއިޚް ހަސީނާ ރާއްޖެއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި 4 އެއްބަސްވުމެއްގައި ސޮއިކޮށް، 13 އަސްކަރީ އުޅަނދު ރާއްޖެއަށް ހަދިޔާކުރައްވާނެ ކަމަށެވެ. ސޮއިކުރެއްވުމަށް ހަމަޖެހިފައިވާ އެއްބަސްވުންތަކުގެ ތެރޭގައި އެވޮއިޑެންސް އޮފް ޑަބަލް ޓެކްސޭޝަން، ގައިދީން ބަދަލުކުރުމުގެ އެއްބަސްވުމަކާއި ޒުވާނުންނާއި ކުޅިވަރާ ގުޅޭދާއިރާގެ އެއްބަސްވުމެއް ހިމެނެއެވެ. އަދި ސިއްޙީ ދާއިރާއިން މީހުން ތަމްރީނުކުރުމަށް ރާއްޖެއާއި ބަންގްލަދޭޝްއާދެމެދު ވެފައިވާ އެއްބަސްވުން އައުކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

Advertisement

ރަސްމީކޮށް މަރުހަބާ ދެންނެވުމުގެ ގޮތުން ބުރާސްފަތި ދުވަހު އެކަމަނާއަށް ގާރޑް އޮފް އޮނަރއެއް އަރުވާނެއެވެ. ދެގައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތަކަށްފަހު ގުޅިފައިވާ ބަޔާނެއް ދެއްވުމަށްވަނީ ހަމަޖެހިފައެވެ. އެއަށްފަހު ސޮއިކުރެއްވުމަށް ހަމަޖެހިފައިވާ އެއްބަސްވުންތަކުގައި ސޮއި ކުރައްވާނެއެވެ. އެއަށްފަހު ރައްޔިތުންގެ މަޖިލީހުގައި ބުރާސްފަތި ދުވަހުގެ ހަވީރު 4:00ގައި އެކަމަނާ ތަގުރީރު ކުރައްވާނެއެވެ.

މި ދަތުރުފުޅުގައި ނާއިބުރައީސް ފައިސަލް ނަސީމާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނާ ހޮޓެލް ޖެންގައި ބައްދަލު ކުރައްވާނެއެވެ.

މި މަހުގެ 24 ވަނަ ދުވަހު ރާއްޖޭގައި އުޅޭ ބަންގްލަދޭޝްގެ ރައްޔިތުންނާ ވާރޗުއަލްކޮށް އެކަމަނާ ބައްދަލު ކުރައްވާނެއެވެ. މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ގައުމަށް ވަޑައިގަންނަވާނީ މި މަހުގެ 27 ވަނަ ދުވަހު ކަމަށް ބަންގްލަދޭޝްގެ މީޑިއާއިން ރިޕޯޓްކޮށްފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
- ކޮމެންޓް