Advertisement
ކ. މާލެ
|
23 ޑިސެންބަރ 2021 | ބުރާސްފަތި 11:29
ރައީސުލްޖުމްހޫރިއްޔާ ޝެއިޚް ހަސީނާއާ ބައްދަލު ކުރެއްވުން
ރައީސުލްޖުމްހޫރިއްޔާ ޝެއިޚް ހަސީނާއާ ބައްދަލު ކުރެއްވުން
ރައީސް އޮފީސް
ޝެއީޚް ހަސީނާ
ރައީސުލްޖުމްހޫރިއްޔާ، ޝެއިޚް ހަސީނާއާ ބައްދަލުކުރައްވައިފި
ޝެއިޚް ހަސީނާގެ ޝަރަފުގައި 21 ބަޑީގެ ސަލާމެއް އެރުވި
އްޔިތުންގެ މަޖިލީހުގައި އެކަމަނާ ތަގުރީރު ކުރައްވާނީ، ބުރާސްފަތި ދުވަހުގެ ހަވީރު
ވަޒީރުންގެ މަޖިލިސް ވެސް ހިމެނޭ ގޮތަށް ދެގައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތައް ބާއްވާނެ

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝޭޚު ހަސީނާއާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ބައްދަލުކުރައްވައިފިއެވެ.

އެކަމަނާ ރާއްޖެއަށް ކުރައްވާ ދެ ދުވަހުގެ ފުރަމާނަ ދަތުރުފުޅުގައި މާލެއަށް ވަޑައިގަތުމުން ރައީސް އިބްރާހީމް މުހައްްމަދު ޞާލިޙާއި، ދައުލަތުގެ އިސްވެރިން ވަނީ އެކަމަނާއަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. ރައީސް އޮފީހުގައި ކުރިއަށްދިޔަ މިބައްދަލުވުމަށްފަހު ވަޒީރުންގެ މަޖިލިސް ވެސް ހިމެނޭ ގޮތަށް ދެގައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތައް ވަނީ ބާއްވާފައެވެ. ބަންގްލަދޭޝާއި ރާއްޖޭގެ މަޝްވަރާތަކަށް ފަހު، ދެބޭޭފުޅުން ޖޮއިންޓް ޕްރެސް ބްރީފިންއެއް ދެއްވާނެއެވެ. މަޝްވަރާތަކާ ބެހޭ ތަފްސީލު އެ ބްރީފިންގައި ދެއްވާނެއެވެ.

Advertisement

ޝެއިޚް ހަސީނާގެ ޝަރަފުގައި 21 ބަޑީގެ ސަލާމެއް އެރުވިއެވެ. އެއަށް ފަަހު އެމްއެންޑީއެފްގެ ބޭންޑުން، ބަންގްލަދޭޝާއި ރާއްޖޭގެ ގައުމީ ސަލާމް ކުޅުނެވެ. އެމްއެންޑީއެފުން ވަނީ އެކަމަނާއަށް އޮނަރ ގާރޑެއް ވެސް އަރުވާފައެވެ.

ރައްޔިތުންގެ މަޖިލީހުގައި އެކަމަނާ ތަގުރީރު ކުރައްވާނީ، ބުރާސްފަތި ދުވަހުގެ ހަވީރުއެވެ.

ބަންގްލަދޭޝާއި ރާއްޖެއާ ދެމެދު ކުރިއަށްދާ ރަސްމީ މަޝްވަރާތަކުގެ ތެރެއިން

ރާއްޖެއާއި ބަންގްލަދޭޝާ ދެމެދު ސޮއިކުރެއްވުމަށް ހަމަޖެހިފައިވާ އެއްބަސްވުންތަކުގެ ތެރޭގައި އެވޮއިޑެންސް އޮފް ޑަބަލް ޓެކްސޭޝަން، ގައިދީން ބަދަލުކުރުމުގެ އެއްބަސްވުމަކާއި ޒުވާނުންނާއި ކުޅިވަރާ ގުޅޭދާއިރާގެ އެއްބަސްވުމެއް ހިމެނެއެވެ. އަދި ސިއްޙީ ދާއިރާއިން މީހުން ތަމްރީނުކުރުމަށް ރާއްޖެއާއި ބަންގްލަދޭޝްއާދެމެދު ވެފައިވާ އެއްބަސްވުން އައުކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
- ކޮމެންޓް