ކ. މާލެ
|
21 ޑިސެންބަރ 2021 | އަންގާރަ 18:51
ހުސްނުވާ އާސަންދައިގެ ޔަގީންކަމަކީ މިއަދު ގިނަބައެއްގެ އުންމީދުތަކާ ގުޅިފައިވާ ޔަގީންކަމެއް
ހުސްނުވާ އާސަންދައިގެ ޔަގީންކަމަކީ މިއަދު ގިނަބައެއްގެ އުންމީދުތަކާ ގުޅިފައިވާ ޔަގީންކަމެއް
ޓްވިޓަރ
އާސަންދައަށް 10 އަހަރު
ދިވެހިންގެ ދުޅަހެޔޮކަމުގެ ބައިވެރިޔާ އާސަންދަޔަށް ދިހަ އަހަރު ފުރުނީއެވެ.
 
އާސަންދަ ކޮމްޕެނީ ލިމިޓެޑް އެންމެ ފުރަތަމަ އުފެދުނީ 20 ޑިސެމްބަރު 2011 ގައި
 
ފުރަތަމަ އުފެދުނީ އެލައިޑް އިންޝުއަރެންސާއި ސަރުކާރާއެކު ޖޮއިންޓް ވެންޗަރއެއްގެ ގޮތުގައި
 
2015 ގައި ސައްތައިންސައްތަ ސަރުކާރު ކުންފުންޏެއްގެ ގޮތުގައި ވަނީ ހަމަޖެހިފައި

ބޭސްފަރުވާއަށް ސަލާންޖެހުމުގެ ޒަމާންވީ އާދަ ނައްތާލައި އަބުރުވެރި ފަސޭހަ ދުޅަހެޔޮ ދިރިއުޅުމެއް ދިވެހީންނަށް ތަނަވަސްކޮށްދިނުމުގެ ގޮތުން އެމްޑީޕީގެ ފުރަތަމަ ސަރުކާރުން ދިވެހިރާއްޖެއަށް ގެނައި އެންމެ ބޮޑު އިންގިލާބަކީ އާސަންދައިގެ ނަމުގައި އެންމެހައި ދިވެހިން ޝާމިލްވާ ވެލްފެއަރ ނިޒާމެއް ގާއިމް ކުރުމެވެ. މި ނިޒާމް ގާއިމް ކުރެވި އޭގެ މަންފާ އެންމެހައި ދިވެހިން ލިބިގަންނަތާ މިއަދަށް މިފުރުނީ ދިހަ އަހަރެވެ. މި ނިޒާމް ބަލަހައްޓައި ކުރިއަށް ގެންދިއުމަށާއި ދިވެހިރާއްޖޭގެ އިޖްތިމާއީ ސިއްހީ އިންޝުއަރެންސްގެ ގައުމީ ނިޒާމުގެ މަސައްކަތްތައް ހިންގައި ބެލެހެއްޓުމަށްޓަކައި ސަރުކާރުން 2011 ވަނަ އަހަރު ޑިސެމްބަރު 20 ވަނަ ދުވަހު ގާއިމްކޮށްފައިވާ ކުންފުންޏަކީ އެއާސަންދަ ކޮމްޕެނީ ލިމިޓެޑެވެ. އެލައިޑް އިންޝުއަރެންސް ކޮމްޕެނީއާ ސަރުކާރާއެކު ޖޮއިންޓް ވެންޗަރއެއްގެ ގޮތުގައެވެ.

ކުންފުނީގެ ބޭނުމަކީ ނުވަތަ މަގުސަދަކީ ސިއްހީ ޚިދުމަތްތަކުގެ ޚަރަދު ހަމަޖެއްސުމުގައި ފުދުންތެރި، ފަސޭހަކަމާއެކު ފަރުވާއަށް ވާސިލުވެވޭ، ދުޅަހެޔޮ ރައްޔިތެއް އުފެއްދުމެވެ. އެކަމަށް މަގުކޮށައި އަލިކުރުމެވެ. ރައްޔިތުންގެ މެދުގައި މި ނިޒާމަށް އިތުބާރު އުފައްދައި ދުޅަހެޔޮ މަސައްކަތު ގުޅުމެއް ދެމެހެއްޓުމެވެ. ރައްޔިތުންނަށް ދޭ ޚިދުމަތްތަކަކީ އިހުތިރާމާއި ހިނިތުންވުމާއި ލޯތްބާއެކު ދެވޭ ޚިދުމަތްތަކެއްކަން ކަށަވަރުކުރުމެވެ. ދެފުށް ފެންނަ ގޮތެއްގައި ތެދުވެރިކަމާއެކު މަސައްކަތް ކުރުމެވެ. ކުންފުނީގެ މަސައްކަތްތައް ހެކީގެ މައްޗަށް ބިނާކޮށް އުފެއްދުންތެރި ޒަމާނީ ޓެކްނޮލޮޖީގެ އެހީއާއެކު ތަރައްގީކޮށް ހަރުދަނާކުރުމެވެ. ހުރިހާ މުވައްޒަފުންނަކީވެސް އެކަކު އަނެކަކަށް އިޙްތިރާމުކުރާ، އެކުވެރި މާހައުލެއްގައި މަސައްކަތްކުރާ، ގާބިލު އަދި ޒިންމާދާރު މުވައްޒަފުންތަކެއްކަން ކަށަވަރުކުރުމެވެ.

ކުންފުނި ވުޖޫދުވިތާ ދިހަ އަހަރު ފުރުން ފާހަގަ ކުރާއިރު ރާއްޖޭގެ އުތުރުން ދެކުނަށް އެންމެހައި ރައްޔިތުން އެންމެ ބޮޑަށް ބަރޯސާކުރާ ޚިދުމަތެއް ފޯރުކޮށްދޭ ކުންފުންޏަކަށް އާސަންދަ ކުންފުނި ވަނީ ވެފައެވެ. އެންމެހައި ރައްޔިތުންގެ މިތުރުކަމުގައި ވަނީ ހިމެނިފައެވެ. އެހެންވީމާ ކުންފުނި އުފެދުމުގެ މަގްސަދު ކިތަންމެހާވެސް ފުރިހަމަޔަށް ލިބެމުންދާ ކަމަށް ބުނެވިދާނެއެވެ. މިއަދު ހުސްނުވާ އާސަންދައިގެ ދަށުން ލިބިދެވޭ ޚިދުމަތް ގިނަގުނައެވެ. ކުރިން ބޭނުންކުރެވުނު ސިއްހީ އިންޝުއަރެންސް ސްކީމް ކަމަށްވާ "މަދަނަ" އަކީ ފަގީރު ހާލަތުގައި ދިރިއުޅޭ ރައްޔިތުންނާއި އުމުރުން ދުވަސްވީ މީހުން އަދި ސިވިލް ސަރވެންޓުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ސިއްހީ އިންޝުއަރެންސް ސްކީމެކެވެ. އޭގެ ބަދަލުގައި ހުރިހާ ރައްޔިތުން ބައިވެރިކުރެވޭ ގޮތަށް ޔުނިވަރސަލް ހެލްތް އިންޝުއަރެންސް ސްކީމް "އާސަންދަ" ތައާރަފު ކުރެވުނީ 1 ޖެނުއަރީ 2012 ގައެވެ.

ހުރިހާ ރައްޔިތުންނަށްވެސް ލުއިފަސޭހަކަމާއެކު ސިއްހީ ޚިދުމަތް ލިބުމުގެ ފުރުސަތު ހޯދައިދިނުމަށް ތައާރަފު ކުރެވުނު މި ސްކީމުގެ ދަށުން އިން-ޕޭޝަންޓް އަދި އައުޓް-ޕޭޝަންޓް ފަރުވާއަށް ކޮންމެ ރައްޔިތަކަށްވެސް އަހަރަކަށް ޖުމްލަ އެއް ލައްކަ ރުފިޔާގެ ލިމިޓެއް އަދި އައުޓްޕޭޝަންޓް ފަރުވާއަށް ދިހަ ހާސް ރުފިޔާގެ ލިމިޓެއް އޭރު ކަނޑައެޅުނެވެ. އަދި ސައްހަ އައި.ޑީ ކާޑެއް އޮންނަ ކޮންމެ ދިވެހި ރައްޔިތަކަށް މި ސްކީމުގެ ދަށުން ސިއްހީ ފަރުވާ ލިބޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ، "އާސަންދަ" ސްކީމް އިތުރަށް ފުޅާކޮށް "ހުސްނުވާ އާސަންދަ" ގެ ގޮތުގައި އާ ސްކީމަކަށް ސަރުކަރުން ބަދަލުކުރީ 2014 ވަނަ އަހަރުގެ ފެބްރުއަރީގައެވެ. އައު ސްކީމްގެ ދަށުން ކޮންމެ ރައްޔިތަކަށް އަހަރަކަށް ކަނޑައެޅިފައިވާ އެއް ލައްކަ ދިވެހި ރުފިޔާގެ ލިމިޓް އުވާލައި، ކޮންމެ ދިވެހި ރައްޔިތަކަށްވެސް ސްކީމްގެ ތެރެއިން ކަވަރުކުރާ ހުރިހާ ސިއްހީ ޚިދުމަތްތަކެއް އެއްވެސް ލިމިޓަކާނުލައި ބޭނުންކުރެވޭނެ ނިޒާމު ވަނީ ހަމަޖެހިފައެވެ.

ހުސްނުވާ އާސަންދަ ސްކީމްގެ މަގްސަދަކީ ހުރިހާ ދިވެހި ރައްޔިތުންނަށް ސިއްހީ ޚިދުމަތްތައް، ރާއްޖޭގެ ޚިދުމަތްދޭ މަރުކަޒުތަކުން އަދި ރާއްޖެއިން ލިބެންނެތް ޚިދުމަތްތައް ރާއްޖެއިން ބޭރުގެ ސިއްހީ ޚިދުމަތްދޭ މަރުކަޒުތަކުން ފަސޭހަކަމާއެކު އަމިއްލަ ޖީބުން މާބޮޑު ހޭދައެއް ކުރަން ނުޖެހި ސިއްހީ ޚިދުމަތް ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ. މީގެ އިތުރުން ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް އިމަޖެންސީ ހާލަތްތަކުގައި އެގައުމުތަކުން ސިއްހީ ފަރުވާ ލިބޭނެގޮތް ހަމަޖައްސައިދިނުމެވެ. އާސަންދަ ސްކީމްގެ ދަށުން ކަވަރުނުކުރާ ގިނަ ޚިދުމަތްތަކެއް ހުސްނުވާ އާސަންދައިގެ ދަށުން ކަވަރުކުރަން ވަނީ ފެށިފައެވެ. އޭގެތެރޭގައި އިމަރޖެންސީ ހާލަތްތަކުގައި ބަލިމީހާ ޓްރާންސްޕޯޓްކުރުމުގެ ޚަރަދާއި 30 އަހަރުން މަތީގެ މީހުންނާއި 18 އަހަރުން ދަށުގެ ކުޑަކުދިންނަށް އަހަރަކު އެއްފަހަރު މެޑިކަލް ޗެކްއަޕް ހެދުމުގެ ޚަރަދާއި މާބަނޑުވުމާ ގުޅިގެން ހޯދާ ހުރިހާ ފަރުވާއެއްގެ ޚަރަދާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި ފުރާނައަށް ނުރައްކާވާ ބަލިތަކަށް ފަރުވާހޯދާ ފަރާތްތަކުގެ ބޭސްފަރުވާގެ ހުރިހާ ޚަރަދެއް ހިމެނެއެވެ.

ކުންފުނީގެ ފާއިތުވީ ދިހަ އަހަރުގެ މާޟީގައި އިދާރީގޮތުންނާއި ނިޒާމީގޮތުން އެކި ކަހަލަ ބަދަލުތައް ވަނީ ގެނެވިފައެވެ. 1 މާރޗް 2015ން ފެށިގެން އާސަންދަ ކޮމްޕެނީ ލިމިޓެޑްގެ ހުރިހާ ހިއްސާއެއް ސަރުކާރުން ގަނެ ސައްތައިންސައްތަ ސަރުކާރު ކުންފުންޏެއްގެ ގޮތުގައި ވަނީ ހިންގުން ބަދަލުކުރެވިފައެވެ. ކުންފުނީގެ ޚިދުމަތްތައް ފުޅާކުރުމުގެ ގޮތުން ހުޅުމާލެ ހޮސްޕިޓަލު ހިންގުން އާސަންދަ ކޮމްޕެނީއާ 3 އެޕްރީލް 2016 ގައި ހަވާލުކުރެވުނެވެ. މި ބަދަލާއެކު ހުޅުމާލެ ހޮސްޕިޓަލަކީ ކުރިއަރާފައިވާ ފެންވަރު ރަގަޅު ސްޕެޝަލިސްޓް ފަރުވާދޭ މަރުކަޒެއްގެ ގޮތުގައި ތަރައްގީކޮށް ހޮސްޕިޓަލަށް ބޮޑެތި ރަނގަޅު ބަދަލުތަކެއް އާސަންދައިން ވަނީ ގެނެސްފައެވެ. އެގޮތުން 2016ން 2019 ޑިސެމްބަރު 31 ގެ ނިޔަލަށް ހުޅުމާލެ ހޮސްޕިޓަލު ހިންގަމުން އައީ އާސަންދަ ކުންފުނީގެ ދަށުންނެވެ.

ސްރީލަންކާ، އިންޑިއާ އަދި މެލޭޝިއާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ސިއްހީ ޚިދުމަތް ހޯދުމުގައި މާލީގޮތުން ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމުގެ މަގުސަދުގައި 'މެރަނާ' ސްކީމް ގެ ނަމުގައި އާސަންދަ ކުންފުނިން 2019 ވަނަ އަހަރުގެ އޭޕްރީލް މަހު ސްކީމެއް ވަނީ ތައާރަފްކޮށްފައެވެ. 27 ސެޕްޓެމްބަރު 2020 ގައި އާސަންދަަ މޮބައިލް އެޕްލިކޭޝަން ވަނީ ލޯންޗްކުރެވިފައެވެ. އެޕް އަމާޒުކޮށްފައިވަނީ އާސަންދަ ސްކީމްގެ ޚިދުމަތް ހޯދާ ދިވެހި އެންމެހާ ރައްޔިތުންނަށެވެ. އާސަންދަ ސްކީމްގެ ދަށުން ޚިދުމަތް ފޯރުކޮށްދޭ ތަންތަނުގެ ތެރެއިން އާސަންދައިގެ އައު އޮންލައިން ޕޯޓަލް "ވިނަވި" ބޭނުންކުރާ ހުރިހާ ތަނަކުން، އެމީހަކު ހޯދާ ޚިދުމަތްތަކުގެ ތަފްސީލު މި އެޕުން ފެންނަން ހުންނާނެއެވެ. ޑޮކްޓަރުން ލިޔެދޭ އީ-ޕްރިސްކްރިޕްޝަން ނުވަތަ އިލެކްޓްރޯނިކް ބޭސް ސިޓީތައްވެސް އެޕް މެދުވެރިކޮށް ބަލާލެވޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
މިއަދުން ފެށިގެން 35 އަހަރުން މަތީގެ މީހުންނަށް ވެސް ހިލޭ މެޑިކަލް ޗެކަޕް ހެއްދޭނެ: އާސަންދަ
ޔޫއޭއީ އަދި ތައިލެންޑުން އާސަންދައިގެ ހިދުމަތް ލިބޭނެ ތާރީހެއް އަދި ނޭނގޭ
މިއަހަރު އައި.ވީ.އެފްގެ ފަރުވާއަށް އެހީ ހަމަޖައްސައިދެނީ އެންމެ މަތިން ޕޮއިންޓް ލިބޭ 100 ދެމަފިރިންނަށް
އައިޔޫއައި އަދި އައީވީއެފްގެ އުސޫލްތައް އާއްމުކޮށް، އަންނަ މާރޗް މަހު ޚިދުމަތް ފަށަނީ
ރާއްޖެއިން ބޭރަށް ފަރުވާއަށް ދާ މީހުންނަށް އެހީ ހަމަޖެއްސުމުގައި ރައީސް އިރުޝާދު ދެއްވާ އުސޫލެއް ނޯވޭ: ހީނާ
ކުއްޖާ ގެނައުމުގެ އިންތިޒާމު ވަގުތުން ހަމަޖެއްސިން، ލަސްވީ ފްލައިޓުގައި ޓެކްނިކަލް މައްސަލައެއް ދިމާވުމުން: އާސަންދަ
ފާއިތުވި ތިން އަހަރު 57،000ށްވުރެ ގިނަ މީހުން ހިތާއި ގުޅުންހުރި ބަލިތަކުގައި ފަރުވާ ހޯދާފައިވޭ: އާސަންދަ
ސިޔާސަތު އެކުލަވާލައި، މިއަދުން ފެށިގެން 50 އަހަރުން މަތީގެ މީހުންނަށް މެޑިކަލް ޗެކަޕް ހެދޭނެ އިންތިޒާމް ހަމަޖައްސައިފި