Advertisement
ކ. މާލެ
|
18 ޑިސެންބަރ 2021 | ހޮނިހިރު 21:00
އެމްޑީޕީގެ ޗެއަރޕަރސަން ހަސަން ލަތީފް
އެމްޑީޕީގެ ޗެއަރޕަރސަން ހަސަން ލަތީފް
ރާއްޖެއެމްވީ
ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން
ކޮމަންޑޫ ދާއިރާގެ ޕްރައިމަރީގައި ވާދަކުރުމަށް އެމްޑީޕީން ހުޅުވާލައިފި
ކޮމަންޑޫ ދާއިރާ ޕާލިމަންޓަރީ ބައި-އިލެކްޝަން ޕްރައިމަރީ އޮންނަނީ 27 ޑިސެމްބަރުގައި
ކޮމަންޑޫ ދާއިރާގެ ޕާލިމަންޓަރީ ބައި-އިލެކްޝަން ބާއްވާނީ އަންނަ ފެބްރުއަރީ 5ގައި

ކޮމަންޑޫ ދާއިރާގެ ޕާލިމަންޓަރީ ބައި-އިލެކްޝަން ޕްރައިމަރީގައި ވާދަކުރުމަށް ހުޅުވާލާފައިވާކަމަށް އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީން ބުނީ ކޮމަންޑޫ ދާއިރާގެ ޕާލިމަންޓަރީ ބައި-އިލެކްޝަން ޕްރައިމަރީ 27 ޑިސެމްބަރ 2021 ވާ ހޯމަ ދުވަހު ބޭއްވުމަށް މިޕާޓީން ނިންމާފައިވާކަމަށެވެ. މި ބައި އިލެކްޝަންގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް 18 ޑިސެމްބަރުން ފެށިގެން 21 ޑިސެމްބަރުގެ ނިޔަލަށް އެ ފުރުސަތު އޮންނާނެ ކަމަށް އެމްޑީޕީން ބުނެފައިވެއެވެ.

ބައި އިލެކްޝަންގައި ވާދަކުރަން ބޭނުންވާ އެޕާޓީގެ މެމްބަރުން، މަގާމަށް އެދޭ ފޯމް ފުރިހަމަކޮށް އެފޯމާއެކު ހުށައަޅަންޖެހޭ ހުރިހާ ލިޔެކިޔުން ތަކާއިއެކު، 21 ޑިސެމްބަރ 2021ވާ އަންގާރަ ދުވަހުގެ 16:00 ކުރިން އިލެކްޝަންސް ކޮމިޝަންގެ އީމެއިލް އެޑްރެހަށް އީމެއިލް ކުރުމުން ފޯމް ބަލައިގަނެވޭނެ ކަމަށް އެމްޑީޕީން ބުނެފައިވެއެވެ.

މި އިންތިޚާބުގައި ވޯޓްލުން ކުރިއަށްދާނީ 27 ޑިސެމްބަރ 2021ވާ (އަންގާރަ) ދުވަހު ހެންދުނު 10:00ން ހަވީރު 1700ށް އެދާއިރާއެއްގެ ރަށްރަށުގައާއި މާލޭގެ ހަރުގޭގައި ކަމަށް އެމްޑީޕީން ބުނެފައިވެއެވެ.

Advertisement

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ގާނޫނުގެ 5 ވަނަ މާއްދާގެ (ށ)ގެ މަތީން ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރުސަތު، ޑިސެމްބަރު 16ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 8:30 ން ފެށިގެން، ޑިސެމްބަރު 30ވާ ބުރާސްފަތި ދުވަހުގެ ހަވީރު 3:00އާ ހަމައަށްވަނީ ހުޅުވާލާފައިވެއެވެ. އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމު ފޮނުވާނީ، ޑިސެންބަރު 16ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 8:30ން ފެށިގެން، ޑިސެންބަރު 30ވާ ބުރާސްފަތި ދުވަހުގެ ހަވީރު 3:00އާހަމައަށް، އިލެކްޝަންސް ކޮމިޝަންގެ އީމެއިލްއަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓު ނެގުމަށް ހަމަޖައްސާފައިވަނީ، ފެބުރުވަރީ 05ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00ން ހަވީރު 4:00އަށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ވޯޓު ނަގާ ނިމޭތާ 30 މިނެޓުގެ ތެރޭގައެވެ. މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ ފެބުރުވަރީ 10ވާ ބުރާސްފަތި ދުވަހުއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ މީހުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމާއި، ފޯމާއެކު ހުށައަޅަންޖެހޭ ލިޔުންތަކާބެހޭ މައުލޫމާތު އިލެކްޝަންސް ކޮމިޝަނުން ލިބެން ހުންނާނެއެވެ. އަދި ކޮމިޝަންގެ ވެބްސައިޓުން ފޯމު ޑައުންލޯޑު ކުރެވޭނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް