ކ. މާލެ
|
18 ޑިސެންބަރ 2021 | ހޮނިހިރު 09:40
ރާއްޖެ އިޝްތިހާރުކުރުމަށް އިޓަލީގައި ހަރުކޮށްފައިވާ ބޯޑު
ރާއްޖެ އިޝްތިހާރުކުރުމަށް އިޓަލީގައި ހަރުކޮށްފައިވާ ބޯޑު
ސޯޝަލް މީޑިއާ
ރާއްޖެ އިޝްތިހާރު ކުރުން
ރާއްޖެ އިޝްތިހާރު ކުރަން އައުޓްޑޯ އެޑްވަޓައިޒިން ކެމްޕެއިނެއް
ކެމްޕެއިންގެ ދަށުން މިލާންގެ 6 ސަރަހައްދެއްގައި ރާއްޖޭގެ ފޮޓޯ، ވީޑިއޯ ހިމެނޭ ޑިޖިޓަލް އިޝްތިހާރުތައް ދައްކާނެ

ރާއްޖެ އިޝްތިހާރު ކުރަން އައުޓްޑޯ އެޑްވަޓައިޒިން ކެމްޕެއިނެއް އިޓަލީގައި މީޑިއާމޮންޑާއެކު ވިޒިޓް މޯލްޑިވްސް އިން ފަށައިފިއެވެ.

މި ކެމްޕެއިންގެ ހަރަކާތްތައް 2021 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 3 ހަފްތާއަށް އަދި 2022 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ހަފްތާއަށް ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ.

ވިޒިޓް މޯލްޑިވްސް އަދި މީޑިއާމޮންޑްއިން ކުރިއަށް ގެންދާ ކެމްޕެއިންގެ ދަށުން މިލާންގެ 6 ސަރަހައްދެއްގައި ރާއްޖޭގެ ފޮޓޯ، ވީޑިއޯ ހިމެނޭ ޑިޖިޓަލް އިޝްތިހާރުތައް ދައްކާނެއެވެ.

މި ކެމްޕެއިންގެ މަޤްސަދަކީ ރާއްޖެއަކީ އިޓަލީގެ ފަތުރުވެރިން ޒިޔާރަތް ކުރުމަށް އެންމެ ރައްކާތެރި މަންޒިލްގެ ގޮތުގައި އިޝްތިހާރުކޮށް، އެ ޤައުމުގެ ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ ބްރޭންޑް އިޝްތިހާރު ކުރުމެވެ. އަދި ރާއްޖެއަކީ އިޓަލީގެ ފަތުރުވެރިންގެ މެދުގައި އެންމެ މަޤުބޫލު މަންޒިލްގެ ގޮތުގައި ޕްރޮމޯޓުކޮށް، ފިނި މޫސުމުގައި އެ ޤައުމުގެ ފަތުރުވެރިން ދަތުރުކުރުމަށް އިޚްތިޔާރުކުރާ މަންޒިލެއްގެ ގޮތުގައި ހެދުން ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

މި ކެމްޕެއިން ކުރިއަށް ގެންދަނީ ވިޒިޓް މޯލްޑިވްސުން އިޓަލީ މާކެޓަށް ކަނޑައަޅައިފައިވާ މާކެޓިން ސްޓްރެޓަޖީގެ ދަށުންނެވެ.

ރާއްޖެ އިޝްތިހާރު ކުރުމުގެ މަސައްކަތް ކުރަމުން ގެންދާއިރު ވޯލްޑް ޓްރެވަލް އެވޯޑްސްއިން ދޭ އެންމެ ޝަރަފުވެރި އެވޯޑް ކަމުގައިވާ "ވޯލްޑް ލީޑިންގ ޑެސްޓިނޭޝަން" އެވޯޑު ދެވަނަ ފަހަރަށް ރާއްޖެއަށް ވަނީ ލިބިފައެވެ.

މިއަހަރު މި އެވޯޑު ރާއްޖެއަށް ލިބިފައިވަނީ ފަތުރުވެރިންގެ މެދުގައި މަގުބޫލު 18 މަންޒިލަކާ ވާދަކޮށްގެންނެވެ. މި ގައުމުތަކުގެ ތެރޭގައި ދުބާއީ، އިންޑޮނޭޝިއާ، ސްޕެއިން، ވިއެޓްނާމް، ޔޫއެސްއޭ، އަދި ގްރީސް ފަދަ މަންޒިލްތައް ހިމެނެއެވެ.

ވޯލްޑް ލީޑިންގ ޑެސްޓިނޭޝަންގެ އިތުރުން ރާއްޖެއިން ވަނީ އިންޑިއަން އޯޝަން ކެޓެގަރީން 4 އެވޯޑެއްވެސް ހާސިލްކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ އިންޑިއަން އޯޝަން ލީޑިންގ ޑެސްޓިނޭޝަން، އިންޑިއަން އޯޝަންސް ލީޑިންގ ބީޗް ޑެސްޓިނޭޝަން، އިންޑިއަން އޯޝަންސް ލީޑިންގ ޑައިވް ޑެސްޓިނޭޝަން، އިންޑިއަން އޯޝަންސް ލީޑިންގ ޓުއަރިސްޓު ބޯޑް އެވޯޑެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: މުހައްމަދު އާދަމް ސަލީމް
- ކޮމެންޓް