Advertisement
ހދ. ކުޅުދުއްފުށި ސިޓީ
|
15 ޑިސެންބަރ 2021 | ބުދަ 09:32
ރ.ފައިނު
ރ.ފައިނު
އެމްޓީސީސީ
ފައިނު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު
ރ. ފައިނު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ނިމިއްޖެ
ފައިނު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއަކީ 8.9 މިލިއަން ރުފިޔާގެ މަޝްރޫއެއް
މަޝްރޫއު ނިމުނީ މި މަހުގެ 12 ވަނަ ދުވަހު

ރަށްގިރުމުގެ މައްސަލަ ކުރިމަތިވަމުންދާތީ އެކަމަށް ހައްލެއް ހޯދުމަށް ސަރުކާރުން ރ. ފައިނުގައި ކުރިއަށްގެންދާ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ނިމުމުން ރައްޔިތުން ތިބީއުފަލުންނެވެ. ރ. ފައިނުގައި ގިރަމުން ދަނީ އެރަށު އިރުމަތީ ފަރާތުންނެވެ.

ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ފެށިއިރު އެސަރަހައްދު ގިރަމުންގޮސް މީހުން ދިރިއުޅޭ ސަރަހައްދާ 70 ވަރަކަށް ފޫޓަށް ގިރާފައިވާ ކަމަށް އެރަށު ކައުންސިލުން މައުލޫމާތުދެއެވެ.

މި މަސައްކަތުގެ ކޮންޓްރެކްޓަރ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ން ބުނީ ރ. ފައިނު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ނިމުނީ މި މަހުގެ 12 ވަނަ ދުވަހު ކަމަށެވެ.

މި މަޝްރޫއުގެ ދަށުން 8100 ކިއުބިކް މީޓަރުގެ ސަރަހައްދަކަށް ވެލި ބެކްފިލްކޮށް 250 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ވަނީ ޖަހާފައެވެ.

Advertisement

ފައިނަށް ރަށް ގިރުމުގެ މައްސަލަ ކުރިމަތިވާން ފެށީ އެރަށު ބަނދަރުހެދި ފަހުން ކަމަށް އެރަށު ކައުންސިލުން ބުނެއެވެ. ސަރުކާރުން އެރަށުގައި ކުރިއަށްގެންދާ މަޝްރޫއުތަކަކީ ރައްޔިތުންނަށް އެންމެ މުހިންމު، އަދި މިހާރުން މިހާރަށް ހައްލުންކުރަންޖެހޭ ކަންތައްތަކެެއް ކަމަށް އެރަށު ކައުންސިލުން ބުނެއެވެ.

ފައިނު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއަކީ 8.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
- ކޮމެންޓް